ads
ޑރ. އިޔާޒް ސަސްޕެންޑް ކުރުން: މިނިސްޓަރު އިމްރާން ބަހެއް ނުބުނީ ކީއްވެ؟
މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒު މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ، ގެ ލެކްޗަރާގެ މަގާމުން ސަސްޕެންޑުކޮށްފައިވަނީ މިމަހުގެ ފަސް ވަނަ ދުވަހުއެވެ.

އިޔާޒު ސަސްޕެންޑު ކުރި ސަބަބެއްގެ ގޮތުގައި  އެމްއެންޔޫގެ އެޗްއާރުން ބުނެފައިވަނީ، ޑރ. އިޔާޒު ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކުގެ ސަބަބުން އާންމުނަށް އެކަމުގެ ނުރަނގަޅު އަސަރުކުރާތީ އެކަން ތަހުގީގު ކުރުމަށް ކަމަށެވެ. އެކަމުގެ ސަބަބުން 14 ދުވަހަށް އެ މަގާމުން ސަސްޕެންޑްކުރެވިފައިވާއިރު، ތަފާތު އެކި މައްސަލަތަކަށް ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރައްވާ ޑރ. އިޔާޒަކީ ތަފާތު އެކި ސަބަބުތަކަށްޓަކައި އާއްމުންގެ ސަމާލުކަން ހޯދަވާފައިވާ ބޭފުޅެކެވެ.

އިޔާޒު ދެއްވާ ތަފާތު ނަސޭހަތްތަކުގެ އިތުރުން ކޮށްލާ އެންމެ ޓްވީޓަކުންވެސް މުޅި ސަރުކާރާއި އެހެނިހެން މުހިންމު މުއައްސަސާތައް ހިލިގެންދާ އަދި ބައެއް ފަހަރު ހޫނުފެނަށްދާ ފަހަރުތައްވެސް މަދެއް ނޫނެވެ.

މި ސަބަބުތަކަށްޓަކައި އިޔާޒަކީ އަބަދުވެސް “ސްޕޮޓް ލައިޓް”ގައި ހުންނަވާ ބޭފުޅެކެވެ. އަދި މިހާރު އެމަނިކުފާނު ލެކްޗަރާގެ މަގާމުން ސަސްޕެންޑްކުރެވިގެންދިޔައިރު، އެމަނިކުފާނު މީސްމީޑިއާގައި ފާޅުކުރައްވާ ބައެއް ހިޔާލުފުޅުތަކާއިއެކު މީގެ ކުރިންވެސް އިޔާޒު ވަނީ އެމްއެންޔޫއިން އިންޒާރުގެ ނޯޓިސް ދީފައެވެ. އެހެންނަމަވެސް އެކަމަށް ނުބައްލަވާ އޭރުވެސް އިޔާޒް ވިދާޅުވަމުން ގެންދެވީ “ހައްގު ބަސް ބުނުމުގައި ސާބިތުވެ ހުންނަވާނަން”ކަމަށެެވެ. މިއަދުވެސް ވިދާޅުވަމުން ގެންދަވަނީ ހަމަ އެގޮތަށެވެ. 

ދީނީ ގޮތުން ފާޅުކުރައްވާ ބައެއް ހިޔާލުތަކުގެ ސަބަބުން ޑރ. އިޔާޒް ސަސްޕެންޑްކުރި މައްސަލަ ފެންމަތިވުމާއި ގުޅިގެން އިޔާޒްގެ ދިފާއުގައި ގިނަ ދީނީ އިލްމްވެރިންތަކެއް ވަނީ ތެދުވެވަޑައިގެންފައެވެ. އެގޮތުން މަޝްހޫރް ދީނީ އިލްމްވެރިޔާ ޝެއިހް އަލީ ޒައިދު ހިމެނިވަޑައިގަންނަވާ ގޮތަށް ގިނަ ދީނީ އިލްމްވެރިންތަކެއް ވަނީ ޑރ. އިޔާޒްގެ ދިފާއުގައި ބަސް ވިދާޅުވެފައެވެ.  

"އަހާ. ޑރ. އިޔާޒް މަނިކުފާނު ސާބިތުވެ ވަޑައިގެން ކުރިއަށް ވަޑައިގަންނަވާ. ލާދީނީ މީހުން ދައްކާ ބިރަކަށް ފަހަތަކަށް ޖެހުމެއް ނެތް. މީ އެ މަނުކުފާނު ގެ އިމްތިހާނުގެ ވަގުތު. ކެތްތެރިވޭ. އެމްޑީޕީގެ ވަކަރުގޭ މީހުން ދައްކާ ބިރަކަށް އަޅުގަނޑުމެން ފަހަތަށް ނުޖެއްސޭނެ،" ޝޭއިހު އަލީ ޒައިދު

މީގެ އިތުރުން ޝެއިހް ޒައިދުވަނީ އޖޔާޒު އާ މެދު އަޅުއްވާފައިވާ ފިޔަވަޅުތަށް ވަގުތުން އުވާލުމަށް ގޮވާލައްވާފައެވެ. އަދި އެމްއެންޔޫއަށް ސިޔާސީ ނުފޫޒް ފޯރުވާފައިވާކަމަށް ތުހުމަތު ކުރައްވާ ޒައިދުވަނީ އެކަމަކީ ޑރ. އިޔާޒް ބަލިކޮށްލުމަށް ކުރާ ކަމެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.  

ދީނީ އިލްމްވެރިންނާއި ދީނީ ޖަމިއްޔާތަކުން ޑރ. އިޔާޒުގެ ސަސްޕެންޝަންއާއި ގުޅިގެން ނުރުހުން ފާޅުކުރައްވާ މީސްމީޑިއާގައި ބަސް ވިދާޅުވެފައިވާއިރު، އެކަމަށް އިޔާޒު ނިސްބަތްވެވަޑައިގަންނަވާ އަދާލަތު ޕާޓީއާއި އެޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެއްޗެއް އަދި މިހާތަނަށްވެސް ވިދާޅުވެފައެއްް ނުވެއެވެ. 

ސަރުކާރާއި ގުޅިވަޑައިގެންފަހުން ދީނީ އިލްމްވެރިޔާ އަދި މިހާރު ހޯމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އިމްރާން ދީނީ ގޮތުން ބަސް ބުނަންޖެހޭ ދަނޑިވަޅުތަކުގައި ސިޔާސީ ނުފޫޒުގެ ސަބަބުން ބަސް ނުބުނުއްވާތީއާއި، ސަރުކާރުގެ ތެރެއިން ނާއިންސާފުން ހިނގާ ކަންކަމުގައިވެސް ސަރުކާރުގެ ދިފާއުގައި މިނިސްޓަރު އިމްރާން ހުންނަވާތީ، އެންމެ ބޮޑަށް އިމްރާނަން އާއްމުންގެ ފާޑުކިޔުން އަމާޒުވި ދަނޑިވަޅުތަކުގައިވެސް މިނިސްޓަރު އިމްރާންގެ ދިފާއުގައި ތަކުރާރުކޮށް ބަސް ވިދާޅުވާ ޑރ. އިޔާޒް ސަސްޕެންޑް ކުރެވިގެންދިޔައިރު އިޔާޒުގެ ދިފާއުގައި މިނިސްޓަރު ބަސް ވިދާޅުނުވެ، ހަނު ހުންނަވާތީ ގިނަ ބަޔަކު ވަނީ އެކަމާއި ސުވާލު އުފައްދާފައެވެ.

އާއްމުކޮށް ޓްވިޓާގައި އެކްޓިވް ބޭފުޅަކު މިމައްސަލާގައި އަމިއްލަ ޕާޓީގެ މެންބަރެއްގެ ހަސިއްޔަތުންވެސް އަދި ދީނީ އިލްމްވެރިއެއްގެ ހައިސިއްޔަތުންވެސް އެއްޗެއް ވިދާޅުނުވީ ކީއްވެތޯ ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ. މިކަމަށް ޑރ. އިޔާޒް ވަނީ ސީއެންއެމްގެ އިތުރުކާފް ޕްރޮގްރާމްގައި ވަރަށް ސާފު ޖަވާބެއް ދެއްވާފައެވެ. 

ޑރ. އިޔާޒް ވިދާޅުވީ އޭނާ ސަސްޕެންޑް ކުރެވުމާއިއެކު އެންމެ ފުރަތަމަވެސް އެވާހަކަ ދެންނެވީ މިނިސްޓަރު އިމްރާން ކައިރިކަމަށާއި އެމަނިކުފާނުވަނީ ވަގުތުން އެކަަމުގައި އެމަނިކުފާނަށް ކޮށްދެވެން ހުރި މަސައްކަތްތައް ކުރުމަށް ފަށާފަ ކަމަށެވެ. އަދި ހިތްވަރު ދެރަ ނުކޮށް ކުރިއަށް ވަޑައިގަތުމަށް އެދިވަޑައިގެން ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.

“އަޅުގަނޑަށް އެންމެ ފުރަތަމަ މި ސަސްޕެންޝަން އައުމާއި ގުޅިގެން އަޅުގަނޑު އެންމެ ފުރަތަމަ އެކަން އެންގި ފަރާތަކީ ޝެއިހް އިމްރާން. އަޅުގަނޑަށް އެނގޭ އަޅުގަނޑަށް މިހެންދިމާވާ ކޮންމެ ކަމެއްގައި އަޅުގަނޑާ އެންމެ ގާތުގައި ހުންނަ ރަހްމަތްތެރިއަކީ ޝެއިހް އިމްރާން" ޑރ. އިޔާޒް ވިދާޅުވިއެވެ.

 ޑރ. އިޔާޒް ވިދާޅުވީ އެހެންކަމުން އިޔާޒުގެ ބައްޕައަށް އެކަން ނަންގެންނެވުމުގެ ކުރިންވެސް އެވާހަކަ އެންގިފައިވަނީ ޝެއިހް އިމްރާންއަށް ކަމަށެވެ. އަދި ބައްޕައަށް އެކަން އެންގީ އޭގެ ފަހުން ކަމަށް އިޔާޒް ވިދާޅުވިއެވެ. 

ހަގީގަތުގައި އެހެންއެއްވެސް މީހެއް ގާތު ބުނާނީ ބައްޕަ ގާތުގައި އެ ވާހަކަ ނަންގެންނެވުމަށްފަހު ކަމަށް ވިސްނާގެން ހުރިކަމަށާއި އެހެން ނަމަވެސް ކަންދިމާކުރިގޮތުން އެވަގުތު ބައްޕައަށް ގުޅާގެން ފޯނުން ބައްޕައާ ދިމާނުވިކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ. އެހެންވެ ލަސްނުކޮށް އެވާހަކަ ޝެއިހް އިމްރާންއަށް އެންގީކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.

“ޝެއިހް އިމްރާން ހަމަ ވަގުތުން އެކަމަށް މަސައްކަތް ކުރަން ފެށި އަޅުގަނޑަށް ހިތްވަރު ދެއްވި. އަޅުގަނޑު ގާތުގައި ވިދާޅުވި ހަމަ ކެރިގެން ކުރިއަށް ދާށޭ. އިރާދަކުރެއްވިއްޔާ ތިކަން ހައްލުވާނޭ. ފަސް ނުޖެހެއްޗޭ. ހައްގުބަސް ބުނުމުގައި ހަމަ ސާބިތުވެ ހުންނާށޭ. އިރާދަކުރެއްވިއްޔާ ގެއްލުމެއް ނުވާނޭ،"ޑރ. އިޔާޒް ވިދާޅުވިއެވެ.

ޑރ. އިޔާޒް ވިދާޅުވީ މިހާރު ޝެއިހް އިމްރާން ހުންނެވީ ސަރުކާރުގެ ވުޒާރާއަކާއި ހަވާލުވެވަޑައިގެން ކަން ގަބޫލުފ ކުރެއްވޭ ކަމަށެވެ. އެހެންކަމުން ސަރުކާރުން ބޭރުގައި ހުންނަވައިގެން ކުރައްވާ މަސައްކަތްތަކާއި، ސަރުކާރުގެ އެތެރޭގައި ހުންނަވައިގެން ކުރައްވާ މަސައްކަތްތައް ވަރަށް ވައްޓަފާޅި ތަފާތު ވާނެ ކަން ފާހަގަކުރައްވަމުން އިޔާޒު ވިދާޅުވީ، އެހެންވުމުން ސަރުކާރުން ބޭރުގައި ހުންނަ ފަރާތްތަށް މީސްމީޑިއާއަށް ދޫކޮށްލާފަދަ މެސެޖުތައް މިނިސްްޓަރު ކަމުގައި ހުންނަވައިގެން ދޫކޮށް ނުލެއްވޭނޭ ކަމަށެވެ.

“އެެހެންނަމަވެސް އަޅުގަނޑު ހަމަ ވަރަށް އިހްލާސްތެރިކަމާއިއެކު ގަބޫލްކުރަން ޝެއިހް އިމްރާން ވެސް އަދި އަދާލަތު ޕާޓީއަށް ނިސްބަތްވާ ސިޔާސީ އެހެން ބޭފުޅުންވެސް އަޅުގަނޑުގެ މިމައްސަލާގައި އެބޭފުޅުންގެ ލެވެލް ބެސްޓަށް މަސަައްކަތް ކުރައްވާކަން އަޅުގަނޑު ހަމަ ޝުކުރުވެރިކަމާއިއެކީގައި ފާހަގަކުރަން،" ޑރ. އިޔާޒް ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ ފަރާތުން ބަޔާނެއްވެސް ނުނެރެއޭ ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދައްކަވާކަން ފާހަގަކުރައްވަމުން ޑރ. އިޔާޒް ވިދާޅުވީ، ބަޔާނެއް ނުނެރުނު ނަމަވެސް އެބޭފުޅުންވެސް އެކަމުގައި ހިތްވަރު ދެއްވާ ކަމަށާއި އެބޭފުޅުންވެސް އޖޔާޒު އާ އެކު ތިއްބެވިކަން ފާހަގަކުރައްވާފައިވާކަން ޝުކުރުވެރި ކަމާއިއެކު ފާހަގަކުރައްވާ ކަށެވެ.

އެހެންކަމުން ޑރ. އިޔާޒްގެ މިވާހަކަތަކަށް ބަލާއިރު އިޔާޒު ނިސްބަތްވެވަޑައިގަންނަވާ ޕާޓީން ވެސް އަދި ޝެއިހް އިމްރާންވެސް އެކަމުގައި މިވަނީ ބަސް ވިދާޅުވެފައެވެ. އެކަން މީސްމީޑިއާގައި އެއްޗެއް ހާމަކޮށްފައިނުވަނީ މިވަގުތު އަދާލަތު ޕާޓީއަކީ ކޯލިޝަންތެރޭ ހިމެނޭ ޕާޓީއަކަށްވުމާއި، ޝެއިހް އިމްރާންއަކީވެސް ސިޔާސީ މަގާމެއްގައި ސަރުކާރުތެރޭ ހުންނެވި ފަރާތަކަށް ވުމުން މިނިސްޓަރު ކަމުގެ ގޮނޑީގައި އިންނަވައިގެން އެފަދަ ކަންކަމުގައި އެންމެ އެކަށީގެންވާގޮތަށް ބަސް ވިދާޅުނުވެވޭނެތީ ކަމަަށް ބެލެވެއެވެ. 

އެހެންނަމަވެސް މިދަނޑިވަޅުގައި ޑރ. އިޔާޒް އެކަހެރިކޮށްލައްވާ، އެކަނިކޮށް ނުލައްވާކަން ވަރަށް ސާފެ އެވެ. އަދި މިކަމުގައި ދީނީ އިލްމްވެރިންނެކޭ އެއްގޮތަށް ޑރ. އިޔާޒްގެ ފަހަތުގައި އަދާލަތު ޕާޓީއާއި އެ ޕާޓީގެ ރައީސް ޝެއިހް އިމްރާންވެސް އެބަހުންނެވިއެވެ.

މިފަހުން ޑރ. އިޔާޒު ވަނީ އެޗްޕީއޭއިން މިސްކިތުގައި ގައިދުރުކޮށް ޖަމާއަތް ހެދުމަށް އަންގާފައިވާތީ އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފަ އެވެ. އަދި ސަރުކާރުގެ ފަރާތުން ނިންމަވާ ބައެއް ނިންމުންތަކަށް ދީނީ ގޮތުން ފުށޫއަރާކަންކަމުގައި އެމަނިކުފާނުވަނީ އަދި އަންނަނީ މީސްމީޑިއާގައި ފާޅުކަން ބޮޑުގޮތެއްގައި ފާޑުވިދާޅުވެ، ދީނުގައި އެކަަންކަން އޮންނަ އެންމެ ރަނގަަޅުގޮތް ހާމަކުރައްވަމުންނެވެ. 

އެފަދަ ޕޯސްޓްތަކާއި ގުޅިގެން ޑރ. އިޔާޒަށް އާންމުންގެ ފާޑުކިޔުންތައް ވެސް ކުރިމަތިވެ އެވެ. އެކަމަކު ހައްގު ބަސް ބުނުމުގައި ދެމިހުންނާނެ ކަމަށް ޑރ. އިޔާޒު އަންނަނީ ވިދާޅުވަމުންނެވެ.

އެހެންނަމަވެސް ޑރ. އިޔާޒް ވަނީ ސިޔާސީ ގޮތުން ސަރުކާރަށް ވިދާޅުވާ ފާޑުކިޔުންތަކަކީ އެއްވެސް ގޮތެއްގައި ރައީސް އިބްރާހިމް މުހަައްމަދު ސޯލިހް އާއި ދެކޮޅަށް ފާޅުކުރައްވާ ހިޔާލުތަކެއް ނޫންކަމާއި، ރައީސް ސޯލިހްއަކީ މިހާތަނަށް ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެ ހިތްތިރި އަދި ކެތްތެރިކަމާއިއެކު މަޝްވަރާތައް އަޑުއަށްސަވާ ރައީސްކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ސޯލިހް އާއި މެދު ވަރަށް ހިތްހަމަ ޖެހޭކަމަށާއި ސަރުކާރުގެ ފަރާތުން ދީނީގޮތުން އަންނަ ބައެއް އެހެން ފިއްތުންތަކަކީ އެހެން މުއައްސަސާތަކުގެ ވެރިންގެ ކިބައިން އަންނަ ކަންކަން ޑރ. އިޔާޒް ފާހަގަކުރައްވައެވެ.
33%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް