ads
އެސްޓްރަޒެނެކާއިން ކޮވިޑް ވެކްސިން އުފެއްދީ އޮކްސްފޯޑް ޔުނިވާސިޓީއާ ގުޅިގެން-- ފޮޓޯ: ރޮއިޓާޒް
އެމެރިކާގައި ކޮވިޑް ވެކްސިން ފުރިހަމަ ކުރާ މީހުންނަށް ލުއިތަކެއް ދީފި
ކޮވިޑް-19 ވެކްސިނުގެ ދެ ޑޯޒް ހަމަކޮށްފައިވާ މީހުންނަށް މާސްކު ނާޅާ މީހުންނާ ބައްދަލުކުރެވޭނެ ކަމަށް އެމެރިކާގެ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނެފި އެވެ.

ސީޑީސީން އާއްމުކުރި އުސޫލުގައިވާ ގޮތުން ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ވެކްސިން ފުރިހަމަކޮށްފައިވާ އެހެން މީހުންނާއި ވެކްސިން ފުރިހަމަ ނުކުރާ ބައެއް މީހުންނާ ވެސް މާސްކު އެޅުމެއް ނެތި ބައްދަލުކޮށް ހެދޭނެ ކަމަށެވެ. 

ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރާތާ ދެ ހަފްތާ ފަހުން ކޮވިޑާ ދެކޮޅަށް އެކަށީގެންވާ ރައްކާތެރިކަމެއް ލިބޭނެ ކަމަށް ސީޑީސީން ބުނެ އެވެ. 

މިހާތަނަށް 30 މިލިއަނަށް ވުރެ ގިނަ އެމެރިކާގެ ރައްޔިތުން ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ.

ސީޑީސީން އާއްމުކުރި އުސޫލުގައިވާ ގޮތުން ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް މާސްކު އެޅުމެއް ނެތި އަދި ގައިދުރުކަމެއް ނެތި އިމާރާތްތަކުގެ ތެރޭގައި ވެކްސިން ފުރިހަމަކޮށްފައިވާ އެހެން މީހުންނާ ބައްދަލުކުރެވޭނެ އެވެ.

އޭގެ އިތުރުން ވެކްސިން ފުރިހަމަކޮށްފައިވާ މީހަކު ކޮވިޑަށް ހުށަހެޅި، އަލާމާތްތައް ނުފެންނަ ނަމަ ޓެސްޓު ކުރަން އަދި ކަރަންޓީނު ވާން ނުޖެހޭނެ ކަމަށް ވެސް އުސޫލުގައި ވެއެވެ.

ނަމަވެސް ބޭރު ތެރޭގައި ގިނަ މީހުން އުޅޭއިރު އަދި ދަތުރު ކުރާއިރު މާސްކު އަޅައި ގައިދުރުކަން ބަހައްޓަން ޖެހޭނެ އެވެ. 

އެމެރިކާގައި މިހާތަނަށް 29 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައި ވާއިރު، 525،000 މީހުން ވަނީ މި ބަލީގައި މަރުވެފަ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް