ads
ޑރ. މުހައްމަދު އިޔާޒް
ސަރުކާރުން އަދާލަތު ޕާޓީ ވަކި ނުވުމަށް ޑރ. އިޔާޒް އިލްތިމާސްކޮށްފި
ޑރ. މުހައްމަދު އިޔާޒު މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ(އެމްއެންޔޫ)، ގެ ލެކްޗަރާގެ މަގާމުން ވަކިކުރިޔަސް އޭނާ ނިސްބަތްވާ އަދާލަތު ޕާޓީ ސަރުކާރުން ވަކިނުވުމަށް އޭނާ އިލްތިމާސް ކުރައްވައިފި އެވެ.

އޭނާ މިހެ އިލްތިމާސް ކުރެއްވީ، އެންމެ މީހެއްގެ މަސްލަހަތަށްވުރެ ގައުމުގެ އަގު ބޮޑުވާނެ ކަމަށް ވިދާޅުވުމަށް ފަހުގަ އެވެ. އެހެންކަމުން ވަކި ފަރުދަކާއިމެދު ކުރެވޭ އަނިޔާއަކާއި ގުޅިގެން މުޅި ދައުލަތަށް ގެއްލުން ދިނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް އިޔްޒު ވިދާޅުވި އެވެ. 

އެހެންކަމުން އޭނާ އެމްއެންޔޫއިން ވަކިކުރި ނަމަވެސް އަދާލަތު ޕާޓީ ސަރުކާރުގައި ދެމި އޮތުމަށް އިލްތިމާސް ކުރައްވާ ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.

މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. އިޔާޒު އެމްއެންޔޫގެ، ލެކްޗަރާގެ މަގާމުން ސަސްޕެންޑުކޮށްފައިވަނީ މިމަހުގެ ފަސް ވަނަ ދުވަހުއެވެ. އިޔާޒު ސަސްޕެންޑު ކުރި ސަބަބެއްގެ ގޮތުގައި  އެމްއެންޔޫގެ އެޗްއާރުން ބުނެފައިވަނީ، ޑރ. އިޔާޒު ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކުގެ ސަބަބުން އާންމުނަށް އެކަމުގެ ނުރަނގަޅު އަސަރުކުރާތީ އެކަން ތަހުގީގު ކުރުމަށް ކަމަށެވެ. އޭނާ ސަސްޕެންޑްކޮށްފައިވަނީ 14 ދުވަހުގެ މުއްދަތަށެވެ. 

އޭނާ އެމްއެންޔޫއިން ވަކިކުރި ނަމަވެސް އަދާލަތު ޕާޓީ ސަރުކާރުގައި ދެމި އޮތުމަށް އިލްތިމާސްކޮށްފައިވާއިރު، އޭނާ އަދި އެ މަގާމުން ވަކިކޮށްފައެއް ނުވެއެވެ. ޑރ. އިޔާޒް ސީއެންއެމްއަށް ވިދާޅުވީ އެކަން އެގޮތަށް އިލްތިމާސްކޮށްފައިވަނީ، އެފަދަ ކަމެއް ކުރިއަށް އޮތް ތަނުގައި ވީނަމަވެސް، މިވަގުތު ކޯލިޝަންތެރޭ އޮތް އަދާލަތު ޕަޓީ ސަރުކާރުން ވަކުވުމަށް އޭނާ ބޭނުންނުވާތީ ކަމަށެވެ. 

ދީނީ ގޮތުން ފާޅުކުރައްވާ ބައެއް ހިޔާލުތަކުގެ ސަބަބުން ޑރ. އިޔާޒް ސަސްޕެންޑްކުރި މައްސަލަ ފެންމަތިވުމާއި ގުޅިގެން އިޔާޒްގެ ދިފާއުގައި ދީނީ އިލްމްވެރިންތަކެއް ވަނީ ތެދުވެފައެވެ. އެގޮތުން މަޝްހޫރް ދީނީ އިލްމްވެރިޔާ ޝެއިހް އަލީ ޒައިދު ހިމެނިވަޑައިގަންނަވާ ގޮތަށް ގިނަ ދީނީ އިލްމްވެރިންތަކެއް ވަނީ ޑރ. އިޔާޒްގެ ދިފާއުގައި ބަސް ވިދާޅުވެފައެވެ.   ދީނީ އިލްމްވެރިންނާއި ދީނީ ޖަމިއްޔާތަކުން ޑރ. އިޔާޒުގެ ސަސްޕެންޝަންއާއި ގުޅިގެން ނުރުހުން ފާޅުކުރައްވާ މީސްމީޑިއާގައި ބަސް ބުނެފައިވާއިރު، އެކަމަށް އިޔާޒު ނިސްބަތްވެވަޑައިގަންނަވާ އަދާލަތު ޕާޓީއާއި އެޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެއްޗެއް ވިދާޅުނުވާތީ ގިނަ ބަޔަކު ވަނީ އެކަމާއި ސުވާލު އުފައްދާފައެވެ.

އެކަމާއި ގުޅޭގޮތުން ސީއެންއެމްގެ އިތުރުކާފް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ. އިޔާޒް ވިދާޅުވީ އޭނާ ސަސްޕެންޑް ކުރެވުމާއިއެކު އެންމެ ފުރަތަމަވެސް އެވާހަކަ ދެންނެވީ މިނިސްޓަރު އިމްރާން ކައިރިކަމަށާއި އޭނާ ވަގުތުން އެކަަމުގައި އޭނާ ކޮށްދެވެން ހުރި މަސައްކަތްތައް ކުރުމަށް ފަށާފަ ކަމަށެވެ. އަދި ހިތްވަރު ދެރަ ނުކޮށް ކުރިއަށް ވަޑައިގަތުމަށް އެދިވަޑައިގެން ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ. ޑރ. އިޔާޒް ވިދާޅުވީ މިހާރު ޝެއިހް އިމްރާން ހުންނެވީ ސަރުކާރުގެ ވުޒާރާއަކާއި ހަވާލުވެވަޑައިގެން ކަން ގަބޫލުފ ކުރެއްވޭ ކަމަށެވެ. އެހެންކަމުން ސަރުކާރުން ބޭރުގައި ހުންނަވައިގެން ކުރައްވާ މަސައްކަތްތަކާއި، ސަރުކާރުގެ އެތެރޭގައި ހުންނަވައިގެން ކުރައްވާ މަސައްކަތްތައް ވަރަށް ވައްޓަފާޅި ތަފާތު ވާނެ ކަން ފާހަގަކުރައްވަމުން އިޔާޒު ވިދާޅުވީ، އެހެންވުމުން ސަރުކާރުން ބޭރުގައި ހުންނަ ފަރާތްތަށް މީސްމީޑިއާއަށް ދޫކޮށްލާފަދަ މެސެޖުތައް މިނިސްްޓަރު ކަމުގައި ހުންނަވައިގެން ދޫކޮށް ނުލެއްވޭނޭ ކަމަށެވެ. 

އަދާލަތު ޕާޓީގެ ފަރާތުން ބަޔާނެއްވެސް ނުނެރެއޭ ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދައްކަވާކަން ފާހަގަކުރައްވަމުން ޑރ. އިޔާޒް ވިދާޅުވީ، ބަޔާނެއް ނުނެރުނު ނަމަވެސް އެބޭފުޅުންވެސް އެކަމުގައި ހިތްވަރު ދެއްވާ ކަމަށާއި އެބޭފުޅުންވެސް އޖޔާޒު އާ އެކު ތިއްބެވިކަން ފާހަގަކުރައްވާފައިވާކަން ޝުކުރުވެރި ކަމާއިއެކު ފާހަގަކުރައްވާ ކަށެވެ.

އެހެންކަމުން ޑރ. އިޔާޒްގެ މިވާހަކަތަކަށް ބަލާއިރު އިޔާޒު ނިސްބަތްވެވަޑައިގަންނަވާ ޕާޓީން ވެސް އަދި ޝެއިހް އިމްރާންވެސް އެކަމުގައި މިވަނީ ބަސް ވިދާޅުވެފައެވެ. އެކަން މީސްމީޑިއާގައި އެއްޗެއް ހާމަކޮށްފައިނުވަނީ މިވަގުތު އަދާލަތު ޕާޓީއަކީ ކޯލިޝަންތެރޭ ހިމެނޭ ޕާޓީއަކަށްވުމާއި، ޝެއިހް އިމްރާންއަކީވެސް ސިޔާސީ މަގާމެއްގައި ސަރުކާރުތެރޭ ހުންނެވި ފަރާތަކަށް ވުމުން މިނިސްޓަރު ކަމުގެ ގޮނޑީގައި އިންނަވައިގެން އެފަދަ ކަންކަމުގައި އެންމެ އެކަށީގެންވާގޮތަށް ބަސް ވިދާޅުނުވެވޭނެތީ ކަމަަށް ބެލެވެއެވެ. 

އެހެންނަމަވެސް މިދަނޑިވަޅުގައި ޑރ. އިޔާޒް އެކަހެރިކޮށްލައްވާ، އެކަނިކޮށް ނުލައްވާކަން ވަރަށް ސާފެ އެވެ. އަދި މިކަމުގައި ދީނީ އިލްމްވެރިންނެކޭ އެއްގޮތަށް ޑރ. އިޔާޒްގެ ފަހަތުގައި އަދާލަތު ޕާޓީއާއި އެ ޕާޓީގެ ރައީސް ޝެއިހް އިމްރާންވެސް އެބަހުންނެވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް