ads
ބާގާ ކިންގުން ޑިލީޓު ކުރި ޓްވީޓުގެ ސްކްރީން ޝޮޓެއް
އަންހެނުން ތިބެންވީ ބަދިިގޭގަކަމަށް ބުނި މައްސަލަ ހޫނުވެއްޖެ!
"އަންހެނުން ތިބެންވީ ބަދިގޭގައި" ކަަމަށް ބުނެ ބާގާ ކިންގުން ކުރި ޓްވީޓެއްގެ މައްސަލަ ހޫނުވެއްޖެއެވެ.

ބާގާ ކިންގުގެ އިނގިރޭސި ވިލާތުގެ ގޮތްޕަކުން މިހެން ބުނެ ޓްވީޓެއް ކޮށްފައިވަނީ އަންހެނުންގެ ދުވަހުއެވެ.  

ބާގާ ކިންގުން މިހެން ބުނަމަށްފަހު ކުރި ޓްވީޓްތަކުގައި ބުނެފައިވަނީ، ބަދިގެއަށް އަންހެން ބޮޑު ކައްކާއިން އިތުރުކުރަން ބޭނުންވާކަމަށެެވެ. 

ނަމަވެސް މައްސަލަ ހޫނުވުމުން ފަހުން ޓްވީޓް ޑިލީޓުކޮށްލުމަށްފަހު ވަނީ މާފަށް އެދިފައެވެ. އަދި ބުނެފައިވަނީ އެގޮތަށް ޓްވީޓުކުރީ އަންހެން ބޮޑު ކައްކާއިންނަށް ސްކޮލާޝިޕްގެ ފުރުސަތު އިތުރުކުމަށް ކެމްޕޭނު ކުރުމުގެ ގޮތުންކަމަށެވެ. 

އިންގިރޭސި ވިލާތުގައި އަންހެން ބޮޑުކައްކާއިންގެ ރޭޝިއޯ އަކީ 20 ޕަސަންޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް