ads
އަސްލަމް
މަަހަކު 17000 ރުފިޔާ ނުލިބޭނަމަ އެއީ ފަގީރު އާއިލާތައް: އަސްލަމް
މަހަކު އާމްދަނީގެ ގޮތުގައި 17،000 އަށްވުރެ މަދުން ލިބޭ އާއިލާތަކަކީ ފަގީރު އާއިލާތައް ކަމަށާއި އެ އާއިލާތަކަށް ދޭން ނިންމާފައިވަނީ ކައުންސިލް ހައުސިން ޔުނިޓްތައް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިއަދުގެ ޖަލްސާއަށް ވަނީ މިނިސްޓަރު އަސްލަމް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.

ހައުސިން ޔުނިޓުތަކުގެ ތަފްސީލް ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ މިހާތަނަށް ބެލިބެލުމުން 17،000 ރުފިޔާގެ ދަށުގެ އާމްދަނީ އެއް ލިބޭ އާއިލާތަކަކީ ރާއްޖޭގައި ފަގީރު އާއިލާތަކުގެ ގޮތުގައި ބެލޭ އާއިލާތައް ކަމަށާއި ބޯހިޔާވަހިކަމެއް ހޯދުމަށް ގެދޮރު ގަތުމުގެ ތަނަވަސްކަން އެ އާއިލާތަކުގައި ނުހުންނާނެ ކަމަށެވެ. 

“އެހެންވީމާ އެއާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހޭނީ ހަމަ ވަރަށް ސަބްސިޑައިޒް ދައުލަތުން ފޯރުކޮޮށްދޭ ހައުސިން ޔުނިޓް. އެކަމަށް އަޅުގަނޑުމެންގެ ސިޔާސަތުގަ މިހާރު އޮތީ އަޅުގަނޑުމެން ދޭނީ ކައުންސިލް ޕްރޮޕަޓީތަކުގައި ހުންނަ ކައުންސިލް ހައުސިން ޔުނިޓް” މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

އެހެންކަމުން މާލޭ ސަރަހައްދުގެ 3000 އާއިލާއަކީ އެމީހާގެ އާމްދަނީއަށް ބެލުމުން ކައުންސިލް ހައުސިންއަށް ފެތޭ އާއިލާތައް ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ. އަދި އެ ކައުންސިލް ހައުސިންގެ ކުއްޔަކީ މަހަކު 6000 ރުފިޔާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

އެހެންނަމަވެސް އެތަންތަނަކީ ކައުންސިލްތަކުގެ ބެލުުމުގެ ދަށުގައި އޮންނަ ކައުންސިލްތަކުގެ “ޕްރޮޕަޓީއެއް” ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

9%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
64%
ވަރަށް ސަލާމް
ކޮމެންޓްސް