ads
ދީޕިކާ---
ދީޕިކާ އިނީ ފުރަތަމަ ދަރިފުޅަށް ބަލިވެތަ؟
ބޮލީވުޑު މަޝްހޫރު އެކްޓަރެސް ދީޕިކާ ޕަޑުކޮން އިނީ ފުރަތަމަ ދަރިފުޅަށް ބަލިވެ ކަމަށް އަޑުތައް ފެތުރެން ފަށައިފިއެވެ.
ބޮލީވުޑު މަޝްހޫރު އެކްޓަރެސް ދީޕިކާ ޕަޑުކޮން އިނީ ފުރަތަމަ ދަރިފުޅަށް ބަލިވެ ކަމަށް އަޑުތައް ފެތުރެން ފަށައިފިއެވެ.

އެ އަޑުތައް އަރާފައިވަނީ ދާދި ފަހުން ދީޕިކާ ހިއްސާކުރި ފޮޓޯތަކެއްގެ ސަބަބުންނެވެ. ދިވާލީގެ މުނާސަބަތާ ދިމާކޮށް އިންސްޓަގްރާމު މެދުވެރިކޮށް ދީޕިކާ ވަނީ އޭނާގެ ކުޑައިރުގެ ފޮޓޯތަކެއް ހިއްސާކޮށްފައެވެ. ދީޕިކާގެ އެ ޕޯސްޓާއެކު ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދިފައިވާއިރު ގިނަ ބަޔަކު ވަނީ އޭނާ ބަނޑުބޮޑުކަމަށް ބުނެފައެވެ.

View this post on Instagram

post diwali celebrations...💤 #diwali

A post shared by Deepika Padukone (@deepikapadukone) on


View this post on Instagram

post diwali celebrations...💤 #diwali

A post shared by Deepika Padukone (@deepikapadukone) on


މީގެ ކުރިން ވެސް ދީޕިކާ ބަނޑުބޮޑުކަމަށް ވަނީ ވާހަކަތައް ފެތުރިފައެވެ. ނަމަވެސް އޭރު ދީޕިކާ ބުނީ އޭނާ އަދި އޭނާގެ ފިރިމީހާ (ރަންވީރު ސިންގް) އަކީ ވެސް ކުޑަ ކުދިން ދެކެ ވަރަށް ލޯބިވާ ބައެއް ނަމަވެސް އަދި ބޭނުންވަނީ ކެރިއަރަށް ފޯކަސް ކުރަން ކަމަށެވެ.

އޭގެ އިތުރުން މިވަގުތު ދަރިން ހޯދުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ވެސް ނުދެކޭކަން ފާހަގަކޮށް ދީޕިކާ ވަނީ ދަރިއަކު ހޯދަން އެމީހުންގެ ވިސްނުމަށް ވެސް އަދި ނާންނަ ކަމަށް ބުނެފަ އެވެ.

އިޓަލީގައި ބޭއްވި ވަރަށް ޕްރައިވެޓް ހަފުލާއެއްގެ ތެރެއިން ދީޕިކާ އާއި ރަންވީރު ކައިވެނި ކުރީ މިދިޔަ ނޮވެމްބަރު މަހެވެ. އޭގެ ފަހުން ރަންވީރު ދެ ފިލްމަކުން ފެނުން ނަމަވެސް ކައިވެންޏަށް ފަހު ދީޕިކާގެ މަސައްކަތެއް އަދި ނުފެނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް