ads
އާޓްސް މިނިސްޓަރު ޔުމްނާ މައުމޫން--
އިދިކޮޅާއި ގުޅެން އެމްއާރުއެމް އިން ނުނިންމާ، އެއީ ދޮގެއް: ޔުމްނާ މައުމޫން
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، އިދިކޮޅު ކޯލިޝަންއާ ގުޅިވަޑައިގަންނަވަން ނިންމަވާފައިވާކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ވާހަކައެއްކަމަށް އެމަނިކުފާނުގެ ދަރިކަންބަލުން އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، އިދިކޮޅު ކޯލިޝަން އާއި ގުޅެން ނިންމަވާފައިވާ ކަމުގެ އަޑުތަކެއް ފެތުރެމުން އަންނަކަމަށް ބުނެ މީޑިއާއަކުން ޝާއިރު ކޮށްފައިވާ ހަބަރެއް ހިއްސާކުރައްވައި ޔުމްނާ ވިދާޅުވީ، އެއީ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށާއި، އެފަދަ ނިންމެވުމެއް އެމްއާރުއެމްއިން ނިންމާފައި ނުވާނެ ކަމަށެވެ. 

މީގެ އިތުރުން އެފަދަ މަޝްވަރާއެއް ވެސް އިދިކޮޅު ކޯލިޝަން އާއިއެކު ކޮށްފައި ނުވާނެކަމަށް ޔުމްނާ ވިދާޅުވިއެވެ.

ރާއްޖޭގެ މީޑިއާއަކުން ޝާއިރުކޮށްފައިވާ ހަބަރަކާއި ގުޅިހެން މިނިސްޓަރު ޔުމްނާ މިހެން ވިދާޅުވީއިރު، އެ އާޓިކަލްގައި، ރައީސް މައުމޫން، އިދިކޮޅާއި ގުޅިވަޑައިގަންނަވަން "އެތެރެއިން" ނިންމަވާފައިވާ ކަމަށާއި، އަދި އިދިކޮޅު ކޯލިޝަންއިން މިހާރު ބައްވަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގެ އެމްއާރުއެމްގެ މެމްބަރުން ބައިވެރިވަމުން އަންނަ ކަމަށްވެސް ވަނީ ތުހުމަތު ކޮށްފައެވެ. 

މިވާހަކަތަށް އެމްއާރުއެމްގެ ސެކެޓްރީ ޖެނެރަލް އަބްދުލް އަލީމްވެސް ވަނީ ދޮގުކުރައްވާފައެވެ. އެގޮތުން އެއީ "ހިޓްސް" ހޯދުމަށް ދައްކާ ވާހަކަތަކެއް ކަމަށް ވަނީ ސިފަކުރައްވާފައެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް