ads
ތިނަދޫ އިސްލާމިކް ސެންޓަރުގެ ސީލިންގް
ތިނަދޫ އިސްލާމިކް ސެންޓަރުގެ ސީލިންގުން ބައެއް ވެއްޓިއްޖެ
ގދ. ތިނަދޫ އިސްލާމިކް ސެންޓަރުގެ ސީލިންގުން ބައެއް ވެއްޓިއެއްޖެ އެވެ.

ހޯމަ ދުވަހުގެ ވަގުތެއްގައި ސީލިންގުން ބައެއް ވެއްޓުނުއިރު މީގެ 4 މަސް ކުރިން ވެސް އިސްލާމިކް ސެންޓަރުގެ ސީލިންގްގެ މަރާމާތެއްކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. 

ތިނަދޫ ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި ފެން ލީކުވެ، ސީޓް ފޯވުމުގެ ސަބަބުން މިދިޔަ ހޯމަ ދުވަހު ވެއްޓިފައިވަނީ އެތަނުގެ ކްލާސްރޫމެއްގެ ސީލިންގެވެ.

މީގެ ކުރިން އެ ސެންޓަރުގައި އޮފީހެއްގެ ގޮތުގައި ބޭނުންކުރަމުން ދިޔަ ކުލާސްރޫމްގެ ސީލިންގްވެސް ވަނީ ވެއްޓިފައިކަމަށާއި އެތަނަކީ މީހުން ނަމާދުކުރުމަށް ބޭނުންކުރާތާކަށް ވުމުގެ ސަބަބުން ސެންޓަރު ސާފުކޮށް ބަލަހައްޓަން މީހަކު ހަމަޖައްސާފައިވާނެކަމަށާއި ގިނަ ކުލާސްރޫމާއި ބްލޮކްތަކުގައި އެއްވެސް މަސައްކަތެއް ނުކުރާކަމަށް ވެސް ކައުންސިލްގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ގދ. ތިނަދޫގެ އިސްލާމިކް ސެންޓަރަށް ވަރަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު އެސެންޓަރު މަރާމާތްކުރަން ކައުންސިލުންވަނީ ނުކުޅެދިފައެވެ.

ރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނު މައުލޫމާތުގެ ތެރޭގައި ސެންޓަރުގެ ކަރަންޓު ވަޔަރިންގެ މައްސަލަތަކާއި، ވެންޓިލޭސަންގެ މައްސަލައަކީ ބޮޑު މައްސަލައެކެވެ. އަދި އިސްލާމިކް ސެންޓަރުގައި ނަމާދު ކުރެވޭ ހާލުގައި ހުރީ އެސެންޓަރުގެ މަތީ ފަންގިފިލާގެ މެދު އެކަނި ކަމަށާއި އެތަނުގައިވެސް ވެންޓިލޭސަންގެ މައްސަލައާއި ގުޅިގެން ނަމާދު ކުރާ އިރު ތަފާތު އެކި ކަހަލަ މައްސަލަތަކާއި އަންނަނީ ކުރިމަތިލަމުން ކަމަށާއި 2 ފަރާތުގެ ޓެރަހަށް ވަދެ ނިކުމެވޭނެ ގޮތެއް ނެތްކަމަށްވެސް ވަނީ ފާހަގަކޮށްފަ އެވެ.

ތިނަދޫ އިސްލާމިކް ސެންޓަރަށް ދިމާވެފައިވާ މައްސަލަތަކަށް އެދެވޭ ހައްލެއް ލިބޭތޯ އެރަށު ރައްޔިތުން އަންނަނީ އިންތިޒާރު ކުރަމުނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް