ads
ސޮއި ކުރުމުގެ ތެރެއިން—-_
އޭޖީ އާއި ޕީޖީ އޮފީހާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި
ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދޭ ޖިނާއީ މައްސަލަތަކުގައި ލިޔެކިޔުންތައް ފޯރުކޮށްދިނުމާ ގުޅޭ “މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން” އެއްގައި މިއަދު އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތާއި ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ސޮއިކުރައްވައިފި އެވެ.

މިއަދު ސޮއިކުރެވުނު އެ “މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން” އަކީ ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދޭ ޖިނާއީ މައްސަލަތަކުގައި ލިޔެކިއުންތައް ފޯރުކޮށްދިނުމާ ގުޅޭގޮތުން އެޓާނީ ޖެނެރަލްގެ އޮފީހާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާ ދެމެދު ވެވުނު އެމްއޯޔޫ އެކެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ށ) ގެދަށުން، ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭފަދަ މާލީ ތަނަވަސްކަމެއް ނެތް މީހުންނަށާއި، 2019 ވަނަ އަހަރު ކަނޑައެޅި ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 50 ވަނަ މާއްދާގެ(ށ) ގެ ދަށުން، ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކުދިންގެ ތެރެއިން ގާނޫނީ ވަކީލެއް ހަމަޖެއްސެން ނެތް ކުދިންނަށް، ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތަކީ އެޓާނީ ޖެނެރަލްގެ އޮފީހުން ކުރަމުން އަންނަ މަސައްކަތެކެވެ.

22 ސެޕްޓެންބަރު 2020 ގައި ތަސްދީގުކުރެވުނު ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ތިންވަނަ އިސްލާހް ގެނައުމުގެ ގާނޫނުގެ ދަށުން ޖިނާއީ ބޮޑެތިކުށްތައްކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްތަކަށް ބަދަލުގެނެސް، ގިނަ ކުށްތަކެއް އެ މާއްދާއަށް ވަނީ އިތުރުކޮށްފައެވެ.

އަދި 2020 އަހަރުގެ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހު އަމަލުކުރަން ފެށުނު ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ކުށެއްގެ ތުހުމަތުގައިހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކުދިންގެ ތެރެއިން ގާނޫނީ ވަކީލެއް ހަމަޖެއްސެން ނެތް ހުރިހާ ކުދިންނަށް ދައުލަތުން ގާނޫނީ ވަކީލެއް ފޯރުކޮށްދޭންޖެހެއެވެ.

އެހެންކަމުން، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދި އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ އަދަދު ވަރަށް ބޮޑުތަންއިތުރުވެގެން ގޮސްފައިވާ މި ދަނޑިވަޅުގައި، ލީގަލް އެއިޑަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކަށް އެކަށީގެންވާ އަވަސް މިނެއްގައި ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، އިދާރީ ގޮތުންހަމަޖައްސަންޖެހޭ ކަންކަން ފަސޭހައިން ހަމަޖެހިފައިވުމަކީ މުހިންމު ކަމެއްކަމަށް އެއޮފީހުން ބުނެއެވެ.

އަދި ލީގަލް އެއިޑް ލިބުމަށް ޝަރުތު ފުރިހަމަވެގެން، ދައުލަތުން ގާނޫނީ ވަކީލު އައްޔަންކޮށްދިންނަމަވެސް، މައްސަލަތަކުގެ އަޑުއެހުންތައް ހަލުވި މިނެއްގައި ތާވަލުކުރެވެމުންދާއިރު، މައްސަލަތަކުގެ ލިޔެކިއުންތައް ލިބުމުގައި އައްޔަނުކުރެވޭ ގާނޫނީ ވަކީލުންނަށް ދަތިތަކެއް ކުރިމަތިވާކަން އެއޮފީހުން ފާހަގަކޮށްފައިވެ އެވެ.

އޭޖީ އޮފީހުން ބުނީ އެ ސަބަބުތަކަށްޓަކައި، ދައުލަތުން އައްޔަންކުރާ ގާނޫނީ ވަކީލަށް މައްސަލައިގެ ލިޔެކިއުންތައް އެޓާނީ ޖެނެރަލްގެ އޮފީހުން ފޯރުކޮށްދިނުމުގައި ދިމާވާދަތިތައް ނައްތާލައި، އަވަސް މުއްދަތެއްގެ ތެރޭގައި އެ ލިޔެކިއުންތައް އެޓާނީ ޖެނެރަލްގެ އޮފީހަށް ލިބޭގޮތަށް ހަމަޖެއްސުމަށް ޕްރޮސިކިއުޓާ ޖެނެރަލާއި މަޝްވަރާކުރުމުން، އެ ލިޔުންތައް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ފޯރުކޮށްދެއްވުމަށް މިއަދު ސޮއިކުރެވުނު އެ އެމްއޯޔޫގައި ވަނީ ޕީޖީ އެއްބަސްވެފައިކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް