ads
"ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނީ އަހުލާގު ހިފަހައްޓައިގެން"
ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނީ އަހުލާގު ހިފަހައްޓައިގެންކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނީ އަހުލާގު ހިފަހައްޓައިގެންކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް އެފަދައިން ވިދާޅުވެފައިވަނީ ނަސްރުގެ ދުވެހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ސޯލިހް ވިދާޅުވީ، ނޮވެމްބަރު 3 ކީ ދިވެހިން ތަޖުރިބާ ކުރި ކަޅު ދުވަހެއްކަމަށެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ އިތުބާރަކީ ދިވެހި ސިފައިންކަމަށެވެ. އަދި އެ އިތުބާރު ދެމެހެއްޓޭނީ ސިފައިންގެ ކޯޑްއޮފް އެތިކްސްއަށް ފުރިހަމައަށް އަމަލުކޮށް އަސްކަރީ އަޚުލާޤުގެ އެންމެ މަތީ މިންގަނޑުގައި ސާބިތުވެ ތިބެގެންކަމަށެވެ.

"މިތުރުންގެ ހިތަށް ދަތިކުރި ކޮންމެ ކަޅުރެޔެއް އެއަށްވުރެއް މާ އުޖާލާ ފަތިހަކަށް ނިމިގެންދާ އުސޫލުން ނޮވެމްބަރު 3 ވަނަ ދުވަހުގެ އިރު އުދަރެހާއި ފަރުދާވެގެން ދިޔައީ ދިވެހި އުޑުގައި ކާމިޔާބީގެ ރަން ދޯދިތައް ފަތުރަމުން" ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ، ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާއިން ދިވެހި ޤައުމު ސަލާމަތްކުރުމުގައި އޭރުގެ ރައީސް މައުމޫން ވަރަށް ހިކުމަތްތެރި ކަމާއި އެކު ކުރެއްވި މަސައްކަތްޕުޅުގެ އަގު ވަޒަންކޮށް ޝުކުރު ދަންނަވާކަމަށެވެ.

ރައީސް ވިދާޅުވީ ނޮވެމްބަރު 3 ގެ ހާދިސާއިން ދިވެހިންނަށް އެތައް އިބުރަތެއް ލިބިގެންދާކަމަށެވެ. އަދި އެހާދިސާއިން ލިބިގަންނަންވީ އެންމެ މުހިންމު ފިލާވަޅަކީ ދެވަނަ ފަހަރައް އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ކުރަންވީ ކަންކަން ދެނެގަނެ އެފަދަ ކަމެއް ހިނގިޔަ ނުދިނުންކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

ދިވެހި ފަސްގަނޑަކީ ޤައުމީ އެތައް ބަތަލުންގެ ފުރާނައާއި ލެއިން ދިރުން ލިބެމުން އަންނަ ފަސްގަނޑެއްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ޤައުމަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި ހަށިގަނޑާއި ފުރާނައިން ޤުރުބާންވާން ތައްޔާރަށްތިބި ފަޚުރުވެރި ރައްޔިތުންތަކެއް މިޤައުމުގައި ދިރިއާލާވަމުން އަންނަކަމީ ހަމަޖެހުމާއި ސުލްހަމަސަލަސްކަމަށް ރައްޔިތުން އިސްކަންދޭކަމުގެ އަލި ގަދަހެއްކެއްކަމަށެވެ. އަދި ރައްޔިތުންނާއި އަސްކަރިއްޔާގެ ގުޅުން އިތުރަަށް ބަދަހިކުރުމަށް މިހާރަށްވުރެއް އުތުރަށް މަސައްކަތްކުރައްވާނޭކަމަށް ރައީސް ވިދާޅުވި އެވެ.

އަދި ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރު ކުރުމަށް ވަރަށް މުހިންމު ހަރުދަނާ ސިޔާސަތުތަކެއް ރޭވިފައި އެބަހުރި ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް