ads
މެލޭޝިއާގެ ހައިކޯޓުގެ ބެންޗު:
މެލޭޝިއާގައި ކާފަރުންނަށް ވެސް ﷲ ގެ އިސްމުފުޅު ބޭނުން ކުރެވޭނެ: ހައި ކޯޓު
މުސްލިމުން ނޫން މީހުންނަށް ވެސް އެމީހުންގެ ލިޔުންތަކުގައި ﷲ ގެ އިސްމުފުޅު ބޭނުންކުރެވޭނެކަމަށް މެލޭޝިއާގެ ހައިކޯޓަކުން މިއަދު ބުނެފިއެވެ.

އެގޮތައް ހައިކޯޓަކުން ނިންމީ ދަށު ކޯޓަކުން "ކާފަރުންގެ ލިޔުންތަކުގައި ﷲ ގެ އިސްމުފުޅު ބޭނުން ނުކުރެވޭނެ" ކަަމަށް އެ ގައުމުގެ ހޯމް މިނިސްޓްރީން 1986 ވަނަ އަހަރު ނިންމާފައި އޮތް މައްސަލައެއް އިސްތިއުނާފު ކުރުމުން އެ މައްސަލައާމެދު މިއަދު ގޮތެއް ނިންމިއިރުއެވެ. 

"ހޯމް މިނިސްޓްރީގެ ނިންމުމަކީ ގާނޫނު އަސާސީއާއި ހިލާފު އަދި ގާނޫނާ ވެސް ހިލާފު ނިންމުމެއް،" - މެލޭޝިއާ ހައިކޯޓު

މި މައްސަލައަކީ މެލޭޝިއާގެ ކްރިސްޓިއަން ލޯޔަރެއް ކަމަށްވާ ޖިލް އިރަލޭންޑް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. އެ މައްސަލައި ބުނެފައިވަނީ މެލޭޝިއާގެ ކްރިސްޓިއަނުންގެ ލިޔުންތަކުގައި ﷲ ގެ އިސްމުފުޅު ބޭނުން ނުކުރެވޭގޮތައް އޮތުމުން އޭނާއަށް ގާނޫނު އަސާސީން ދީފައިވާ ތައުލީމު އުނެގެނުމާއި ދީނީ މިނިވަންކަމުގެ ހައްގަށް ބުރޫ އަރާކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް