ads
އަރުޝަދު ހާލިދު---ފޮޓޯ:ފުލުހުން
ޝަރީއަތް ނިމެންދެން އަރުޝަދު ބަންދު ކުރުމަށް ހައިކޯޓުން ހުކުމްކޮށްފި
ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކޮށްފައިވާ އަރުޝަދު ހާލިދު ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ޝަރީއަތް ނިމެންދެން އަރުޝަދު ބަންދު ކުރުމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

ޕީޖީ އޮފީހުން މައުލޫމާތު ދިންގޮތުގައި ޝަރީއަތް ނިމެންދެން އަރުޝަދު ބަންދު ކުރުމަށް ހައިކޯޓުން ހުކުމް ކުރީ މިއަދު އެވެ. 

މިދިޔަ އަހަރު ޖެނުއަރީ މަހު އިތުރު ބަޔަކާ ބައިވެރިވެގެން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކޮށް، އެތަކެތި ޓްރެފިކްކުރި މައްސަލާގައި އަރުޝަދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެން އަރުޝަދު ޝަރީއަތް ނިމެންދެން ބަންދުގައި ހުއްޓައި، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އޭނާ ބަންދުން ދޫކޮށްލީ މިދިޔަ މަހުގަ އެވެ.

ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލާފައިވަނީ، އޭނާ ބަންދުގައި ބެހެއްޓުމަށް އެދެވޭ ހެކި ނެތުމުންކަމަށް ބުނެއެވެ. އެއާއެކު ދައުލަތުން ވަނީ މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

ރާއްޖެ އަށް ނުވަ ކިލޯ މަސްތުވާތަކެތި އެތެރެ ކުރި މައްސަލައިގައި އަރުޝަދުގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އެވެ. 

މި މައްސަލައިގައި އަރުޝަދުގެ އިތުރުން ދައުލަތުން ދައުވާ ކޮށްފައިވަނީ އަހްމަދު ސުނައިނު، އަހްމަދު ގިޔާސް، އަލީ ޒުބައިރު، ހުސައިން ޒަހީން، އިސްމާއިލް ވިޝާލް، އަސްލަމް ނާޒިމް އަދި އަހްމަދު އިމްސާހުގެ މައްޗަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް