ads
ރައީސް ސޯލިހާއި މިނިސްޓަރު އިމްރާން--
އިމްރާންގެ ފުރައްސާރައިގެ މައްސަލައެއް ހުށަހެޅިފައެއް ނުވޭ: ރައީސް
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ގުޅޭ ޖިންސީ ފުރައްސާރައިގެ މައްސަލައެއް އެމަނިކުފާނާއި ހިސާބަށް އައިސްފައި ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު އިމްރާން އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނާ އޯޑިއޯއެއް ލީކުވެފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. މި މައްސަލައިގައި އަންހެނަކު ވަނީ މިނިސްޓަރު އިމްރާން އޭނާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކޮށްފައެވެ.

މި މައްސަލައާއި ގުޅެން މިއަދު ނޫސްވެރިއަކު ވަނީ ރައީސް ސޯލިހާއި ސުވާލު ކުރައްވާފައެވެ. އެ ސުވާލަށްޖަވާބު ދެއްވަމުން ރައީސް ވަނީ އެކަހަލަ ކަމެއް ހިނގާފައި ވޭތޯ ބަލާނެ ކަމަށް ވިދާޅުވެފަ އެވެ. 

"ތި މައްސަލަ އަޅުގަނޑާ ހިސާބަށް އަދި އެއްވެސް ފަރާތަކުން އައިސްފައެއް ނެތް. އަޅުގަނޑު ބަލާނަން ތިކަހަލަ ކަމެއް ހިނގާފަ އެބަ އޮތްތޯ." ރައީސް ވިދާޅުވިއެވެ.

މި މައްސަލައިގައި އޯޑިއޯއެއް ލީކުވެފައި ވާއިރު، މިނިސްޓަރު އިމްރާނަށް ޖިންސީ ގޯނާގެ ތުހުމަތު ކުރި އަންހެން މީހާ މިނިސްޓަރު އިމްރާނާއި މަގުމަތިން ދިމާކޮށް ނުރުހުން ފާޅު ކުރާ ވީޑިއޯއެއް މިދިޔަ ޑިސެމްބަރު މަހުވަނީ އާންމު ވެފައެވެ.

މިހާތަނަށް މިމައްސަލައިގައި މިނިސްޓަރު އިމްރާން ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް