ads
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު-- ފޮޓޯ: ރައީސް އޮފީސް
ރަސްމީ ދަތުރުފެޅެއްގައި ގަތަރާއި ބަންގްލަދޭޝަށް ރައީސް ފުރާވަޑައިގަންނަވަނީ
ރަސްމީ ދަތުރުފެޅެއްގައި ގަތަރާއި ބަންގްލަދޭޝަށް އަންނަ ހަފްތާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފުރާވަޑައިގަންނަވަން ނިންމައިފި އެވެ.

މިކަން ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވަނީ ސީއެންއެމްއަށް ކަށަވަރު ކޮށްދެއްވާފައެވެ. 

އެގޮތުން ރައީސް ގަތަރަށް ފުރާވަޑައިގަންނަވާނީ އާދިއްތަ ދުވަހު ކަމަށް މަބްރޫކު ވިދާޅުވިއެވެ. އަދި އޭގެ ފަހުން ބަންގްލަދޭޝަށް ރައީސް ވަޑައިގަންނަވާނީ އަންނަ ބުދަ ދުވަހު ކަމަށް މަބްރޫކު ވިދާޅުވިއެވެ.

ރައީސް ގަތަރަށް ވަޑައިގަންނަވަނީ ރަސްމީ ދަތުރުފުޅެއްގައި، ދެ ގައުމުގެ ގުޅުން އަލުން ބަދަހި ކުރުމުގެ ގޮތުން ކަމަށް މަބްރޫކު ވިދާޅުވިއެވެ. އަލުން ގަތަރާއެކު ހާރިޖީ ގުޅުން ބަދަހި ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. 

ގަތަރާއެކުއޮތް ސިޔާސީ ގުޅުން ރާއްޖެއިން ކަނޑާލާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެގޮތުން 2017 ވަނަ އަހަރު ގަތަރާއެކު އޮތް ގުޅުން ރާއްޖެއިން ކަނޑާލީ ޓެރަރިޒަމާއި ހައްދުފަހަނައެޅުމާ ދެކޮޅަށް ދިވެހި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށް ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް