ads
ފޮޓޯ: ސޯޝަލްމީޑިއާ
"ސިފައިން ސިޔާސީ ނުފޫޒުން އެއްކިބާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭ"
ދިވެހި ސިފައިން ސިޔާސީ ނުފޫޒުން އެއްކިބާކުރުމަށް ސިފައިންގެ ލީޑާޝިޕުން ގިނަ މަސައްކަތްތަކެއް ކުރައްވާކަމަށް ޑިފެންސް މިނިސްޓާރު މާރިޔާ ދީދީ ވިދާޅުވެއްޖެ އެވެ.
ދިވެހި ސިފައިން ސިޔާސީ ނުފޫޒުން އެއްކިބާކުރުމަށް ސިފައިންގެ ލީޑާޝިޕުން ގިނަ މަސައްކަތްތަކެއް ކުރައްވާކަމަށް ޑިފެންސް މިނިސްޓާރު މާރިޔާ ދީދީ ވިދާޅުވެއްޖެ އެވެ.

މާރިޔާ މިފަދައިން ވިދާޅުވެފައިވަނީ، ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން މާރިޔާ ވިދާޅުވީ، ސިފައިންގެ މެދުގައި އަސްކަރީ ރޫހު ވަރުގަދަކޮށް އެ ރޫހަށް މަސައްކަތް ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރެވޭކަމަށެވެ.

"ސިފައިންގެ ލަޝްކަރަކީ ސިޔާސީ ނުފޫޒުން އެއްކިބާވެ އަސްކަރީ ރޫހާއި އެއްގޮތަށް ޤާނޫނުގެ ވެރިކަމަށް ބޯލަނބާ ކިޔަމަންތެރިވާ އަދި ދިވެހި ރައްޔިތުންގެ ލޯތްބާއި އިހްތިރާމާއި ފުރިހަމަ އިތުބާރު ލިބިފައިވާ ބައެއްގެ ގޮތުގައި ބައްޓަންކުރުމަށް ސިފައިންގެ ލީޑާޝިޕުން ގެންދަވަނީ ބުރަ މަސައްކަތްތަކެއް ކުރައްވަމުން" މިނިސްޓާރު މާރިޔާ ވިދާޅުވި އެވެ.

އަދި ދިވެހި ސިފައިންގެ ލަޝްކަރު ތިބީ ވަރަށްވެސް ބަދަހިކޮށް އަދި ވަރަށް ސާބިތު ކަމާއި އެކު ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ، ރައީސް ސޯލިހްގެ ސަރުކާރުން ދެކެނީ ސިފައިންގެ ކޮންމެ މީހެއްގެ ފުރާނައަކީ ނުހަނު އަގުބޮޑު އެއްޗެއްގެ ގޮތުގައި ކަމަށެވެ.

މާރިޔާ ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރުފެ އަމާޒަކީ، ސިފައިންގެ އަސްކަރީ ޤާބިލުކަން އިތުރުކޮށް ސިފައިންގެ މުއައްސަސާއަކީ މިހާރަށް ވުރެވެސް ހަރުދަނާ އަދި ޕްރޮފެޝަނަލް މުއައްސަސާއަކަށް ހެދުންކަމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރާޑާރ ސިސްޓަމްތައް ބެހައްޓާ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަމުންދާ ކަމަށް މާރިޔާ ވިދާޅުވި އެވެ.

ޤައުމީ ދިފާޢީ ބާރުން ނެރޭ އައްޑަނަ މަޖައްލާގެ ނަޞްރުގެ ދުވަހުގެ ޚާއްޞަ ޢަދަދު ވަނީ މިރޭގެ ޖަލްސާގައި ނެރެފަ އެވެ. މަޖައްލާގެ 26 ވަނަ އަދަދު ނެރެދެއްވީ ޑިފެންސް މިނިސްޓާރ މާރިޔާ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް