ads
ފާޒިލް އާއި އޭނާގެ އަންހެނުން--
ފާޒިލްގެ އަންހެނުން، މޮޑެލްއެއް ނޫން!
ސޯޝަލް މީޑިއާގައި ދިވެހިންގެ ތެރޭގައި މަގުބޫލު ފާޒިލް އިސްމާއީލް (ފިޓް ފާޒިލް) އިއްޔެ ކައިވެނި ކުރި ހަބަރާއެކު ގިނަ ބަޔަކު އަންނަނީ އެ ދެމަފިރިންނަށް މަރުހަބާ ކިޔަމުންނެވެ.

ކައިވެނީގެ ފޮޓޯއެއް އިންސްޓަގްރާމަށް ޕޯސްޓް ނުކުރި ނަމަވެސް ފާޒިލް ވަނީ އޭނާ ޓެގްކޮށް މީހުން ހިއްސާކުރި ފޮޓޯތައް އިންސްޓަގްރާމު ސްޓޯރީއަށް ލާފަ އެވެ. އެގޮތުން ފެމެލީ ކޯޓު ކުރިމައްޗަށްވާ ގޮތަށް އޮންނަ ލޮނުޒިޔާރާތް ޕާކު ކައިރީގައި އެމީހުން އެކުވެރިންނާ އެކު ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް ފެނެ އެވެ. 

އެގޮތުން ފާޒިލް ހުދު ގަމީހެއްގައި ހުރި މަންޒަރު ފެންނައިރު އޭނާގެ އަންހެނުން ހުރީ، ޕާކިސްތާނުގެ ސްޓައިލަކަށް ހެދުން އަޅައިގެންނެވެ. 

ދިވެހި ޒުވާން އަންހެން ކުދިންގެ މެދުގައި ވަކިން ހާއްސަކޮށް ފާޒިލް މަގުބޫލުއިރު އޭނާ ކައިވެނި ކުރި ހަބަރާއެކު އެ ކުދިންގެ ހިތަށް އަސަރުކޮށްފާނެ އެވެ. އަދި ކައިވެނިކުރީ ކާކާތޯ ބަލަން ވެސް ބޭނުންވެދާނެ އެވެ. 

ކޮންމެއަކަސް، ފާޒިލް ވެސް އޭނާގެ އަންހެނުންގެ މާގިނަ ފޮޓޯތަކެއް އިންސްޓަގްރަމަށް ދޫކޮށްލާފައެއް ނުވެ އެވެ. އެކަމަކު ސްޓޯރީން ފެނެ އެވެ. 

މީގެ ކުރިން މޮޑެލުންނާއެކު ފާޒިލް، ފޮޓޯތައް ހިއްސާކުރާތީ އޭނާ އުޅުނީ މޮޑެލްއަކާއި ލޯބީގެ ގޮތުން ގުޅިގެން ކަމަށް ވެސް އަޑު އެރި އެވެ. އަދި އެއީ ބޭރު ގައުމަކަށް ނިސްބަތްވާ މީހެއް ކަމަށް ވެސް އަޑު އެރި އެވެ. 

އެކަމަކު ފާޒިލްގެ އަންހެނުންނަކީ މޮޑެލްއެއް ނޫންކަމަށްވެ އެވެ. އެގޮތުން އެމީހުން ލޯބީގެ ގޮތުން ގުޅުނުތާ އަދި އަހަރެއް ނުވާކަމަށް ވެސް ވެ އެވެ.

ފާޒިލް އާއި އޭނާގެ އަންހެނުން، ލޯބީގެ ގޮތުން ގުޅުނީ ކޮން އިރަކުކަން ސީދާ ބުނާކަށް ނޭނގެ އެވެ. އަދި އެމީހުން ދިމާވީ ކިހިނެއްކަމެއް ވެސް ސާފެއް ނުވެ އެވެ. 

your imageފާޒިލް އާއި އޭނާގެ އަންހެނުން--

17%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް