ads
-- ފޮޓޯ: ފުލުހުން
ކުޑަކުދިން ރޭޕް ކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
މެދުރާއްޖެތެރޭގެ ރަށެއްގައި ކުޑަކުދިން ރޭޕް ކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

މެދުރާއްޖެ ތެރޭގެ ރަށެއްގައި އުމުރުން 17 އަަހަރުގެ ދެ އަންހެން ކުދިން ބަނޑު ބޮޑުވި މައްސަލަ ބަނީ ފެންމަތިވެފައެވެ. 

މި މައްސަލައިގައި ފުލުހުން ބުނީ އެތަނުން އެއް މަސަލަ ހުށަހެޅުނީ 2020 ވަނަ އަހަރުގެ ޑިސެންބަރު 31 ވަނަ ދުވަހު ކަމަށެވެ. އަދި ދެވަނަ މައްސަލަ ހުށަހަޅިފައިވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ 18 ވަނަ ދުވަހު ކަމަށެވެ. 

ދެވަނަ މައްސަލައިގައި އުމުރުން 22 އަހަރުގެ ފިރިހެނެއް ފުލުހުން ވަނީ ހައްޔަރުކޮށްފައެެވެ. 

ދެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް