ads
އާމިރު ހާން އާއި ޖުނައިދު--
އާމިރު ހާނުގެ ޖުނައިދަށް ފާހަގަކުރަން ނޭނގޭހާ ބޮޑު ބަދަލެއް!
ބޮލީވުޑުގެ ތަރި، އާމިރު ހާންގެ ދޮށީ ފިރިހެން ދަރިފުޅު، ޖުނައިދު ހާން ވެސް އަންނަނީ ބޮލީވުޑަށް ތައާރަފުވުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން ސިދާތު ޕީ މަލްހޯތްރާގެ ފިލްމަކުން އޭނާ ބޮލީވުޑަށް ނިކުންނަން ތައްޔާރުވަމުން އަންނައިރު މިފަހުން މިވަނީ ބައްޕަ އާއި ކޮއްކޮ، އީރާއާއެކު އޭނާ ވެސް ފެނިގެން ގޮސްފަ އެވެެ.

އެމީހުން ރެސްޓޯރަންޓަކުން ނިކުތް ވަގުތު އެ ސަރަހައްދުގައި ޕަޕަރާޒީން ހަރަކާތްތެރިވަމުން އައިއިރު އެންމެން ވެސް ހައިރާންވީ ޖުނައިދު ފެނިފަ އެވެ. ކުރިން ފަލަކޮށް ހުރި ޖުނައިދު ވަރަށް ބޮޑަށް ހިކިފައިހުރިއިރު އޭނާ ވަކިކުރަން ވެސް ނޭނގޭހާ ތަފާތެވެ.

your imageއާމިރު ހާން އާއި ކިރަން ރާއޯއާއެކު ޖުނައިދު--

your imageބައްޕައާއެކު އީރާ އާއި ޖުނައިދު--

ބެލެވޭ ގޮތުގައި ޖުނައިދު ހިކިފައި މިވަނީ އޭނާގެ ފިލްމުގެ މަސައްކަތަށެވެ. މިހާ ބޮޑަށް ހިއްކާލާފައި މިވަނީ ކިތައް ކިލޯގައި ހުއްޓާކަމެއް ނޭނގެ އެވެ.

ޔަޝް ރާޖް ފިލްމްސް އިން ނެރޭ ފިލްމަކުން ޖުނައިދު ބޮލީވުޑަށް ތައާރަފުވާއިރު އޭނާގެ ފުރަތަމަ ފިލްމުގައި ފެނިގެންދާނީ ނޫސްވެރިއެއްގެ ރޯލުން ކަމަށް ވެ އެވެ. އެ ފިލްމަކީ މަހަރާޖް ލިބެލް ކޭސްއާ ގުޅޭ ފިލްމެއް ކަމަށް ބުނެ އެވެ. 

އެގޮތުން ފިލްމަކީ 25 ޖެނުއަރީ 1962 ގައި ނޫސްވެރިއަކާ ދެކޮޅަށް ހުށަހެޅު މައްސަލައެއްގެ ސަބަބުން ކަންތައްވެގެންދާ ގޮތް ދައްކުވައިދޭނެ ފިލްމެކެވެ. 

އާންމުކޮށް ތަރިންގެ ދަރިން ފިލްމީ ދާއިރާއިން ކުރިއަރުވަން އެމީހުންގެ މައިންބަފައިން ވެސް އެހީވެ އެވެ. އަދި ފިލްމުތައް ޕްރޮޑިއުސް ކުރާ ނުވަތަ ޑައިރެކްޓް ކުރާ ގާތް އެކުވެރިންނާއި ވާހަކަ ދައްކައިގެން ދަރިންނަށް ފިލްމުތަކުގެ ލީޑު ރޯލު ހޯދައި ދިނުން ފަދަ ކަންކަން ވެސް ކުރިއަށް ދެއެވެ.

އާމިރު ބުނީ، ބޮލީވުޑަށް ނުކުންނަން ބޭނުން ނަމަ، އެމީހަކު އަމިއްލައަށް މަސައްކަތްކޮށްގެން އެމަގު ހޯދަންވީ ކަމަށެވެ. އަދި އެ ކުދިންނަށް އޭނާގެ ފިލްމަކުން ވިޔަސް ފުރުސަތު ދޭނީ އެމީހުން އެ ރޯލަށް ފިޓްވާ ކަމަށްވާ ނަމަ އެވެ.

ދެހާސް ދެވަނަ އަހަރު އާމިރާއި ރީނާގެ ކައިވެނި ނިމުމަކަށް އައިއިރު އާމިރު ވަނީ 2005 ވަނަ އަހަރު ޕްރޮޑިއުސަރު ކިރަން ރާއޯއާ ކައިވެނި ކޮށްފަ އެވެ. އެ ކައިވެންޏަށް ވެސް ފިރިހެން ކުއްޖަކު ވަނީ ލިބިފަ އެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް