ads
ޖޯން ހޮލިސް:-
ޖޯން ހޮލިސް އަށް ދުވަހަކު ވެސް ކޮވިޑެއް ނުޖެހޭނެ!
ޖޯން ހޮލިސް އަކީ ދިފާއީ ނިޒާމް ވަރުގަދަ ކަމުން ކޮވިޑް 19 ގެވައިރަސް ޖެހޭނެ މީހެއް ނޫނެވެ.

އޭނާއަށް ވައިރަސް ނުޖެހެނީ އެނާގެ ހަށިގަނޑުގައި ހުރި އެންޓިބޮޑީތައް ވަރުގަދަ ކަމުންނެވެ. އާންމު އިންސާނަކަށް ވުރެ އެނާގެ ދިފާއީ ނިޒާމު އެތައް ގުނައެއް ވަރުގަދައެވެ. 

ހޮލިސްނޫނަސް މިފަދަ ދިފާއީ ނިޒާމް ވަރުގަދަ އެހެން ބަޔަކުވެސް ދިރިއުޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސައިންސުވެރިން ބުނެއެވެ. 

"މިއީ އަހަންނަށް ދިމާވި އެންމެ ހަގީގީ އެއްކަންތައް، އަހަރެން މި ދިއުޅެނީ މި ހަގީގަތާއެކު" - ހޮލިސް-

ހޮލިސްގެ މި އާދަޔާހިލާފު ސިފަ މި އޮތްހާ ދުވަހުވެސް ހާމަ ނުވެ އޮތީ އޭނާއަކީ ކަޅު މީހަކަށް ވާތީކަމަށް ވެސް އޭނާ ދެކެއެވެ. ނަމަވެސް އޭނާ ހުރީ އޭނާގެ ހަށިގަނޑުން ފެނުނު "މޫޖިޒާތާ" މެދު ވަރަށް އުފަލުންނެވެ. 

އޭނާއަކީ ކޮވިޑް 19 ނުޖެހޭ މީހެއްކަން ހާމަވީ އޭނާއާއި އެކު ދިރިއުޅުނު މީހަކު ބަލިވެގެން ހޮސްޕިޓަލަށް ގޮސް އޭނާ ޓެސްޓުކުރުމަށްފަހު ހެދި ދިރާސާތަކެއްގެ ސަބަބުންނެވެ. 

އެ ޓެސްޓުތަކަށްފަހު ދިރާސާކުރާ މީހުންގެ ހާއްސަ ސަމާލުކަމެއް ހޮލިސް އަށް ދެވުނެވެ. އަދި އިތުރު ދިރާސާތައް އޭނާއާއި މެދު ކުރެވުނެެވެ. 

ނަތީޖާއެއްގެ ގޮތުން އޭނާގެ ހަށިގަނޑުގައި ހުރި އެންޓި ބޮޑީތަކަކީ އާންމު އިންސާނަކާއި އަޅާ ބަލާއިރު، 10،000 ގުނަ ބާރު ގަދަ ކުރުމުގެ ގާލުކަން ލިބިފައިވާ އެންޓިބޮޑީތަކެކެވެ. 

ހިލިސް އާއި ގުޅޭ ސާވޭތަކެއް ސައިންސުވެރިން އަންނަނީ ކުރަމުންނެވެ.

10%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް