ads
ފޮޓޯ--އަފީފް
ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައިގެން ދިޔުމުގެ ބިންގަލަކީ ސަރުކާރު: އަފީފު
ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައިގެން ދިޔުމުގެ ބިންގަލަކީ ސަރުކާރާއި، ފަތުރުވެރިކަމުގެ ހިދުމަތްދޭ ފަރާތްތަކާއި ދެމެދު އޮތް ގުޅުންކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ ވައިސް ޗެއާމަން ހުސެއިން އަފީފު ވިދާޅުވެއްޖެ އެވެ.

އިއްޔެ ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައި ލޯގޯ އިފުތިތާހުކޮށްދެއްވީ ރާއްޖޭގެ ފަތުރުވެރިކަމަށް ގިނަ ދުވަހު ހިދުމަތްކުރެއްވި، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފުކޮށްދެއްވުމުގައި އެންމެ ގިނަ ދުވަހު މަސައްކަތްކުރެއްވި އަދި މިހާރުވެސް ފަތުރުވެރިކަމުގައި މަސައްކަތްކުރައްވަމުން ގެންދަވާ މޯލްޑިވް އެސޯސިއޭޝަން ފޯ ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން މުހައްމަދު އުމަރު މަނިކެވެ.

އެ ލޯގޯ އިފްތިތާހް ކޮށްދެއްވުމަށްފަހު މުހައްމަދު އުމަރު މަނިކުވަނީ ބައްދަލުވުމުގެ ބައިވެރިންނާއި މުހާތަބުކޮށް ވާހަކަދައްކަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖެގައި ފަތުރުވެރިކަން ފެށިގެން ދިޔައީ ވަރަށް އާދައިގެ ގޮތަކަށް ކަމަށާއި އަހަރުން އަހަރަށް ރާއްޖޭގެ ފަތުރުވެރިކަމަށް އަންނަމުންދާ ބަދަލާއި އެކު ފަތުރުވެރިކަން ކުރިއަރައި އާ ހަރުފަތަކަށް ގެނެވިފައިވާ ކަމަށެވެ.

ލޯގޯ އިފްތިތާހް ކުރުމަށް އިއްޔެ ބޭއްވުނު ބައްދަލުވުމުގައި، ރާއްޖެއަށް ފަތުރުވެރިކަން ތައާރަފް ކުރެއްވުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ދެ ފަރާތެއް ކަމުގައިވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ މިހާރުގެ ވައިސް ޗެއާމަން ހުސެއިން އަފީފު އާއި މިހާރުގެ މިނިސްޓަރު އޮފް ހެލްތް އަހުމަދު ނަސީމު ގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ވުޒާރާގެ އެންމެ ފުރަތަމަ ވަޒީރު އަހުމަދު މުޖުތަބާ ވެސް ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ. 

މީގެ އިތުރުން، އެ ބައްދަލުވުމުގައި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ރައީސް އަބްދުالله ނަޝީދާއި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު ތޮއްޔިބު މުހައްމަދުވެސް ވާހަކަފުޅުދައްކަވާފައިވެއެވެ.

އަފީފުގެ ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައިގެން ދިޔުމުގެ ބިންގަލަކީ ސަރުކާރާއި، ފަތުރުވެރިކަމުގެ ހިދުމަތްދޭ ފަރާތްތަކާއި ދެމެދު އޮތް ގުޅުންކަން އަލިއަޅުއްވާލައްވާފައިވެއެވެ.

މިނިސްޓަރު ނަސީމުގެ ވާހަކަފުޅުގައި ފަތުރުވެރިކަމުގެ ނަފާ ދިވެހި ރައްޔިތުންނަށް ލިބޭނެ ގޮތެއް ހޯދުމަކީ މިހާރު ކުރަން ޖެހިފައިވާ މުހިއްމު މަސައްކަތެއްކަން ފާހަގަކުރައްވާފައިވެއެވެ.

އެރަސްމިއްޔާތުގައި ފަތުރުވެރިކަމުގެ ރަންއަހަރާއި ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުالله މައުސޫމު ރަސްމިއްޔާތައް ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުންހުރި އެންމެހާ އެސޯސިއޭޝަންތަކަށް ދައުވަތު އެރުވުނު ކަމަށާއި، ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އެންމެހާފަރާތްތަކަށް ޝުކުރު ދަންނަވާފައިވެއެވެ.

މީގެ އިތުރުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި މިލޯގޯ ފަރުމާކޮށްދެއްވި ދެ އާރޓިސްޓުންނަށްވެސް މިނިސްޓަރު ވަނީ ޝުކުރު ދަންނަވާފައެވެ.

ފަތުރުވެރިކަމުގެ ރަންއަހަރު ފާހަގަކުރުމަށް ތައްޔާރު ކުރެވުނު ލޯގޯ ފަރުމާކުރަށްވާފައިވަނީ ރާއްޖޭގެ ދެ އާރޓިސްޓުން ކަމުގައިވާ އަބްދުالله ނަޝާތު އާއި މުހައްމަދު އަޒްލިފްއެވެ. ރާއްޖޭގެ ގުދުރަތީ ރިތިކަމާއި މުއްސަނދިކަން އަދި ޝަގާފަތާއި ތަރިކަ ރަމްޒުކޮށްދޭ ގޮތަށް ފަރުމާކުރެވިފައިވާ މިލޯގޯ 2022 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި ބްރޭންޑް އިމޭޖެއްގެ ގޮތުން ބޭނުން ކުރެވިގެންދާނެވެ. 

އެގޮތުން މިލޯގޯ ބޭނުންކުރާ އިރު ބޭނުންކުރާނީ މިހާރު ރާއްޖޭގެ ޑެސްޓިނޭޝަން އިމޭޖް ގެގޮތުގައި ބޭނުންކުރެވޭ "ސަނީ ސައިޑް އޮފް ލައިފް" ލޯގޯ އާއި އެކުއެކީގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް