އިލެކްޝަން ކޮމިޝަނުން ބުނީ، މާލެ އަދި ބާރަށުގައި ރީ-ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާ ފޯމު 6:00 އާއި ހަމައަށް ބަލައިގަންނާނެ ކަމަށެވެ.
އިލެކްޝަނުން މިދިޔަ ހަފްތާގައި ވަނީ ރީ-ރަޖިސްޓްރޭޝަންގެ ފުރުސަތު މިއަދަށް ހަމަވާނެ ކަމަށް ބުނެފައެވެ.
އެގޮތުން މާލެ އަދި ބާރަށް ފިޔަވާ އެހެން ތަންތަނަށް ފޯމު ހުށަހެޅުމުގެ ވަގުތު ހަމަވެފައިވަނީ، މިއަދު މެންދުރު 13:00 ގައެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ދެ ލައްކަ އަށްވުރެ ގިނަ މީހުން ވޯޓުލުމަށް ހަމަޖެހިފައިވާއިރު، މާލޭ ސިޓީގައި 51،499 ފަރާތަކުން ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވެއެވެ.
އަދި އައްޑޫސިޓީގައި 25،055 މީހަކު، ފުވައްމުލަކުން 9،177 މީހަކާއި، ކުޅުދުއްފުށީ ސިޓީގައި 6،825 އޭގެއިތުރުން އެހެނިހެން އަތޮޅުތަކުން 179،924 ފަރާތަކުން ވޯޓުލުމަށް ވަނީ ރަޖިސްޓްރީކޮށްފައެވެ.