ads
ފޮޓޯ: ޖަމާލުއްދީން ސްކޫލު
ހަތަކުން މަތީގެ ގްރޭޑްތަކުގެ ކުދިން ސްކޫލަށް ގެންގޮސްގެން ކިޔަވައިދޭން ފަށަނީ
ގުރޭޑް 7 އިން ފެށިގެން މަތީގެ ގުރޭޑްތަކުގައި ކިޔަވަމުން އަންނަ ކުދިން، ސުކޫލަށް ގެންގޮސްގެން ކިޔަވާ ދޭން އެޑިއުކޭޝަނުން މިނިސްޓްރީން ނިންމައިފި އެވެ.

އެޑިއުކޭޝަނުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މިމަހުގެ 14 އިން ފެށިގެން 18 ވަނަ ދުވަހަށް މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ އެލް.ކޭ.ޖީ އިން ފެށިގެން ގްރޭޑު 6 އާއި ހަމަޔަށް ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށެވެ.

އަދި އެ މުއްދަތުގައި ގްރޭޑް 7 އިން ފެށިގެން ގްރޭޑް 12 ގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސްކޫލަށް ހާޒިރުކޮށްގެން ކަމަށް ވެސް އެޑިއުކޭޝަނުން ބުނެފައި ވެއެވެ.

މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ އެލް.ކޭ.ޖީ އިން ފެށިގެން ގްރޭޑް 9 އެއްގެ ކިޔެވުން އޮންލައިންކޮށް ގެންދިޔުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވަނީ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުގަ އެވެ. އެހެންނަމަވެސް، މި ވަނީ ހާލަތަށް ބަލައި ބަދަލުތަކެއް ގެނެސްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް