ads
މެސީ އަދި ޕީއެސްޖީގެ އެމްބާޕޭ
ޗެމްޕިއަންސް ލީގު: ބާސެލޯނާ ވެސް ކަޓައިފި
ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތްދަށުވެ ބާސެލޯނާވެސް ކަޓައިފި އެވެ. ބާސާ ކެޓީ ބުދަ ދުވަހުގެ ރޭ ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗު އެއް ލަނޑު އެއް ލަނޑުން އެއްވަރުވެ، ދެ މެދުގެ އެގްރިގޭޓުން ފަހެއް ދޭކުން ބަލިވުމުންނެވެ.

ޕީއެސްޖީއާ ބާސެލޯނާގެ ފުރަތަމަ ލެގުން ބާސާ ބަލިވީ ހަތަރު ލަނޑު އެއް ލަނޑުންނެވެ. އަދި ދެވަނަ ލެގުގައި އެކެއް އެކަކުން އެއްވަރުވެ، ސާދަ އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ކުއާޓަރ އިން ފުރުސަތު ނުލިބި ބާސެލޯނާ ކެޓީއެވެ. ރޭގެ މެޗުގައި ބާސާއިން ޖެހި ހަމަ އެކަނި ލަނޑު ޖެހީ މެސީއެވެ. އެކަމަކު މެސީ އަތުންވަނީ ޕެނަލްޓީއެއްވެސް ރޭ ނާކާމިޔާބު ވެފައެވެ. މިއީ ދެހާސް ފަނަރަ ވަނަ އަހަރުގެ ފަހުން ޗެމްޕިއަންސް ލީގުގައި މެސީ އަތުން މިސްވި ފުރަތަމަ ޕެނަލްޓީވެސްމެއެވެ.

ބާސެލޯނާ، ޕީއެސްޖީ އަތްދަށުވެ ކެޓިއިރު، ރޮނާލްޑޯގެ ޔުވެންޓަސްވެސްވަނީ ޗެމްޕިއަންސް ލީގުން ކަޓާފައެވެ. ޗެމްޕިއަންސް ލީގުގެ މެޗުތައް ދެން އޮންނާނީ އަންނަ ހަފުތާގެ އަންގާރަ އަދި ބުދަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް