ads
ނޮވެމްބަރު ތިނަކުން ހިތްވަރު ލިބިގަތުމުގައި ފުލުހުން ދެމިތިބޭނެ: ސީޕީ ހަމީދު
ނުވެންބަރު ތިނަކުން ހިތްވަރު ލިބިގަތުގައި ފުލުހުން ދެމިތިބޭނެ ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ނޮވެމްބަރު ތިނެއްގެ ހާދިސާއިން ހިތްވަރު ލިބިގަތުމުގައި ފުލުހުން ދެމިތިބޭނެ ކަމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ސީޕީ ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިފައިންނާއި އާންމު ރައްޔިތުންގެ ތެރެއިން ނޮވެމްބަރު ތިނެއްގެ ހާދިސާގައި ޝަހީދުވި ހުރިހާ ބޭފުޅުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި ދުއާކުރައްވާ ކަމަށެވެ.

މީގެއިތުރުން އެފަރާތްތަކުގެ އާއިލާއަށް ރަހުމަތްލެއްވުމަށް އެދިވަޑައިގެންވެސް ސީޕީ ހަމީދު ވަނީ ދުއާ ކުރައްވާފަ އެވެ. އަދި ނޮވެމްބަރު ތިނަކުން ހިތްވަރު ލިބިގަތުގައި ފުލުހުން ދެމިތިބޭނެ ކަމުގެ ޔަގީންކަން ސީޕީ ވަނީ ދެއްވާފަ އެވެ.


ނަސްރުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަސް ސަރުކާރުން ފާހަގަކުރަނީ 3 ނޮވެމްބަރު 1988 ގައި ދިވެހިންގެ ބަޔަކު ތަމަޅަ ޓައިގަރުންގެ ބަޔަކާ ބައިވެރިވެގެން ރާއްޖޭގެ އޭރުގެ ސަރުކާރު ބަދަލުކޮށްލުމަށް ކުރިއަށް ގެންދިޔަ ޓެރަރިސްޓް ހަމަލާގައި 19 ދިވެހިން ޝަހީދުވި ހިތާމަވެރި ހާދިސާގެ ހަނދާން އާކުރުމަށެވެ.

ނޮވެމްބަރު ތިނެއްގެ ހާދިސާގެ ހަނދާން ދިވެހިން މިއަދު އާކުރަމުންދާއިރު ދިވެހި ފުލުހުން ވަނީ މިހަމަލާގެ މޭސްތިރިޔާ ކަމަށްވާ ހ. ހާޖަރާގެ، އަބްދުﷲ ލުތުފީ ލަންކާގައި ފިލައިގެން އުޅެނިކޮށް އޭނާ ރާއްޖެ ގެނެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް