ads
އިންޑިޔާގެ ކެޕްޓަން ޗެތްރީ
ސުނިލް ޗެތްރީ ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ސުނިލް ޗެތްރީ ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. އެކަން އޭނާ ހާމަކޮށްފައިވަނީ މިއަދު އެވެ.

އިންޑިއާގެ ގައުމީ ޓީމު، އަދި ބެންގަލޫރު އެފްސީގެ ކެޕްޓަން ސުނިލް ޗެތްރީ ކޮވިޑަށް ޕޮޒިޓިވްވީނަމަވެސް އޭނާގެ ހާލު ރަނގަޅެވެ. އޭނާ މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ހާލު ރަނގަޅުކަމަށާއި ވަރަށް އަވަހަށް އެނބުރި ކުޅުމުގެ ތެރެއަށް އަންނަން މަސައްކަތް ކުރާކަމަށެވެ.

އިންޑިއާ އަދި ބެންގަލޫރު އެފްސީގެ ކެޕްޓަން ސުނިލް ޗެތްރީ ކޮވިޑަށް ޕޮޒިޓިވްވީއިރު އޭނާގެ ކްލަބުން ތައްޔާރުވަމުން އަންނަނީ އަންނަ މަހު އޮންނަ އޭއެފްސީ ކަޕުގެ ޕްލޭ އޮފް މެޗަށެވެ. އަދި އޭގެ އިތުރުން އިންޑިއާގެ ގައުމީ ޓީމުގެ އެކުވެރިކަމުގެ މެޗުތަކެއްވެސް އޮތީ ޝެޑިއުލްކޮށްފައެވެ. މިއިން އެއްވެސް މެޗެއް އޭނާއަށް ގެއްލޭނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ. 

އުމުރުން ތިރީސް ހަ އަހަރުގެ ޗެތްރީއަކީ އިންޑިއާގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިއާއެވެ. އޭނާވަނީ ރާއްޖޭގެ ކްލަބުތަކާ ދެކޮޅަށް އެތައް މެޗެއް ކުޅެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް