ads
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު--
އިންޑިއާއިން ވެކްސިން ގަތުމަށް ހާއްސަ ހުއްދައެއް ދެއްވައިފި
އިންޑިއާއިން ވެކްސިން ގަތުމަށް ހާއްސަ ހުއްދައެއް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްވައިފިއެވެ.

ކޮވިޑް ވެކްސިން ގަތުމަށް ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއި ސީރަމް އިންސްޓިޓިއުޓް އޮފް ލައިފް ސައިންސްސާއި ދެމެދު ރާއްޖެއިން ވަނީ އެއްބަސް ވުމަކަށް އައިސްފައެވެ. 

މި ކުންފުނިން އު ފައްދަނީ "ކޮވި ޝީލްޑް" ވެކްސިނެވެ. 

މި އެއްބަސް ވުމުގެ ދަށުން ވެކްސިން ގަތުމުގެ ހުއްދަ ދެއްވާފައިވަނީ ފިނޭންސް މިނިސްޓަރުގެ ހާއްސަ ގަރާރަކުންނެވެ. 

މި ގާރާރު ނެރުއްވާފައިވަނީ މާލިއްޔަތު ގާނޫނުގެގައިވާ އިސްތިސްނާވާ ހާލަތުގެ ބޭނުން ކޮށްގެނެވެ. 

މި ހާލަތުގައި ބިޑު ކުރުމެއްނެތި ތަކެތި ގަތުމަށް ފިނޭންސް މިނިސްޓްރީއަށް ހުއްދަ ދެވޭނެއެވެ. 

ކޮވިޑް 19 ގެ ހާލަތުން އަރައިގަތުމަށް ކުއްލިއަކަށް ބޭނުންވާ ބައެއްތަކެތި މިގޮތަކަށް މީގެ ކުރިން ވެސް ވަނީ ގަނެފައެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް