ads
ޕްރިންސް ވިލިއަމް
ޝާހީ އާއިލާއަކީ ރޭސިސްޓު ބައެއް ނޫން: ވިލިއަމް
ޝާހީ އާއިލާއަށް ޕްރިންސް ހެރީ އާއި މޭގަން ކުރަމުންދާ ނަސްލީ ތަފާތުކުރުމުގެ ތުހުމަތުތަކަށް ޕްރިންސް ވިލިއަމް ރައްދު ދެއްވައިފިއެވެ.

މިކަން ހާމަކުރެއްވީ އީސްޓް ލަންޑަންގެ ސްކޫލަކަށް ކުރި ޒިޔާރާތެއްގައި ވާހަކަ ދައްކަވަމުންނެވެ. 

ޝާހީ އާއިލާއަކީ ނަސްލީ ތަފާތުކުރުން ގެންގުޅެމުން އަންނަ ބައެއްތޯ ރިޕޯޓަރަކު ޕްރިންސް އަރިހުގައި އެއްސެވެމުން ވިލިއަމް ވިދާޅުވި ސާހީ އާއިލާއަށް ކުރާ ތުހުމަތަކީ ރަންގަޅު ތުހުމަތެއް ނޫން ކަމަށެވެ.

"ޝާހީ އާއިލާއަކީ އެއްވެސް އިރެއްގައި ނަސްލީ ތަފާތުކުރުމަށް ހިތްވަރުދޭ އަދި ނަސްލީ ތަފާތުކުރުން ގެންގުޅުނު ބައެއް ވެސް ނޫން. އިންޓަވިއުއަށް ފަހު ޕްރިންސް ހެރީ އާ ވާހަކަ ދެކެވިފައެއް ނުވޭ. އަވަސް މުސްތަގުބަލެއްގައި ވާހަކަ ދައްކާނަން،" ޕްރިންސް ވިލިއަމް ވިދާޅުވިއެވެ.

މިދިއަ ހޯމަ ދުވަހު އޮޕްރާ ވިންފިީއަށް ސަސެކްސް ގެ ޑޫކް އަދި ޑަޗެސް ޕްރިންސް ހެރީ އަދި މޭގަން ދިން އިންޓަވިއުއެއްގައި ވަނީ ޝާހީ އާއިލާއަށް ވަރަށް ވެސް ބޮޑެތި އިލްޒާމްތަކެއް އަޅުވާފައެވެ. 

މީގެ ސަބަބުން ޝާހީ އާއިލާއަށް ވަރަށް ވެސް ގިނަ ފަރާތްތަކެއްގެ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

ނަސްލީ ތަފާތުކުރުމާއި އެހެން ގައުމެއްގެ ރައްޔިތަކަށްވުމުން ވަރަށް ވެސް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނުކަމަށާއި މީގެ އިތުރުން ދަރިފުޅު އާޗީ ދުނިޔެއަށް ވަޑައިގަތުމުގެ ކުރިން ދަރިފުޅުގެ ހަމުގެ ކުލައާ ބެހޭ ވާހަކަ ދެކެވުނުކަމަށާއި އެވާހަކަ ދެއްކެވީ ރާނީ އެލްޒަބަތް އާއި ރާނީގެ ފިރިކަލުން ޕްރިންސް ޕްލިޕްސް އެއްނޫން ކަމަށް މޭގަން ވިދާޅުއްވިއެވެ. 

ބަކިންހަމް ޕެލެސްއިން އަންގާރަ ދުވަހު ނެރުން ބަޔާނުގައި ރާނީ މިމައްސަލަ ވަރަށް ގާތުން ބައްލަވަމުން ގެންދާކަމަށް ވަނީ ވިދާޅުވެފަ އެވެ. ނަސްލީ ތަފާތުކުރުމާ ބެހޭގޮތުން ދެކެވުނު ވާހަކަ އާ ގުޅިގެން އެމައްސަލަ ބަލަމުން އަންނަކަމަށާއި އާއިލީ ބޭފުޅުނާއި މިހާރު ވާހަކަ ދެކެވެމުން އަންނަކަމަށް ރާނީ ވަނީ ބަޔާނުގައި ފާހަގަކުރައްވާފައެވެ. 

ފާއިތުވި އަހަރުތަކުގައި ހެރީ އާއި މޭގަން ކުރިމަތިލި ގޮންޖެހުންތަކަށް ހިތާމަކުރާކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

17%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް