ads
ގައިދުރުކަމާއެކު ކުރެވުން ހުކުރު ނަމާދުގެ ތެރެއިން--
ފަލަސްތީނު މިނިވަންކުރަން ހުރިހާ މުސްލިމުން މަސައްކަތްކުރަންޖެހޭނެ: ހުތުބާ
މަސްޖިދުލް އަގްޞާ އާއި ފަލަސްތީނުގެ މައްސަލައަކީ ހަމައެކަނި ފަލަސްޠީނު މީހުންގެ މައްސަލައެއް ނޫންކަމަށާއި އެއީ ހުރިހާ މުސްލިމުންގެ މައްސަލައެއް ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.

އިސްރާއާއި މިޢުރާޖުގެ ޛިކުރާއާއި މަސްޖިދުލް އަޤްޞާގެ ދިފާއުގެ މައްޗަށް އަލިއަޅުވާލާފައިވާ މިއަދުގެ ހުކުރު ހުތުބާގައި ބުނީ މަސްޖިދުލް އަޤްޞާއަކީ މުސްލިމުންގެ ގިބްލަ ކަމަށާއި އެއީ މުސްލިމުންގެ އެންމެ ހުރުމަތްތެރި ތިން ހަރަފްފުޅުގެ ތެރެއިން އެއް ހަރަމްފުޅު ކަމަށެވެ. އަދި އެއީ ކީރިތި ރަސޫލާ އިސްރާ ކުރެއްވި ބަރަކާތްރި ބިންކަން ފާހަގަކޮށް ހުތުބާގައި ބުނީ ދިގު ދަތުރެއްކޮށް ބުރަ އުފުލައިގެން ވިޔަސް ޒިޔާރާތްކުރުމަށް ބާރު އަޅާފައިވާ ތިން މިސްކިތުގެ ތެރެއިން އެއް މިސްކިތަކީ ވެސް އެއީ ކަމަށެވެ. 

އެގޮތުން މަސްޖިދުލް އަޤްޞާގެ މައްސަލައަކީ ހުރިހާ މުސްލިމުންގެ މައްސަލައެއް ކަމަށާއި މުސްލިމުންގެ ބިމަކަށް ބަޔަކު އަރައި، މުސްލިމުންގެ އަތުން އެ ބިން ފޭރިގެންފި ނަމަ އެ ބިން މިނިވަން ކުރުމަށްޓަކައި އެންމެހައި
މުސްލިމުން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ހުތުބާގައި ބުނެފައިވެ އެވެ. 

"އެ ބިމުގެ އަހްލުވެރިންނާ އެއްބައިވެ، އެކަތިގަނޑަކަށް ވާން ޖެހޭނެއެވެ. އެމީހުންގެ ކެކުޅުންތަކަށާއި، ގިސްލުންތަކަށާއި، ރުއިންތަކަށް އިޖާބަދޭން ޖެހޭނެ އެވެ،"

އޭގެ އިތުރުން، ހުތުބާގައި ވަނީ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅުގެ މައްޗަށް އަލި އަޅުވާލާފަ އެވެ. އިސްރާއަކީ މައްކާގެ އަލްމަސްޖިދުލް ޙަރާމުން އަލްމަސްޖިދުލް އަޤްޞާއަށް މާތް ނަބިއްޔާ ކުރެއްވި ދަތުރުފުޅެވެ. އެ މިސްކިތުގައި އެކަލޭގެފާނު ނަބީބޭކަލުންގެ އިމާމަކަށް ވެ ވަޑައިގެން ނަމާދުފުޅު ކުރެއްވި އެވެ. މިއުރާޖުގެ ދަތުރުފުޅަކީ ބިމުން ފެށިގެން ގޮސް މަތިވެރިވެގެންވާ އަޑުތަކަށް ކުރެއްވި ދަތުރުފުޅެވެ.

މި މަތިވެރި ދަތުރުފުޅުގެ ތެރޭގައި މާތްﷲ މި އުއްމަތަށް ދެއްވި އެންމެ އަގު ބޮޑު ނިޢުމަތަކީ ފަރުޟު ފަސް ނަމާދު ވާޖިބު ކުރެއްވުންކަން ފާހަގަކޮށް ހުތުބާގައި ބުނީ މަތިވެރިވެގެންވާ މި ހާދިޘާގެ ތެރޭގައި ރަސޫލާ އާއި
އެކަލޭގެފާނުގެ އުއްމަތުގެ މައްޗަށް ނަމާދު ފަރްޟުކުރެއްވުން ހިމެނޭ ކަަމަށެވެ. އަދި ނަމާދަކީ ދީނުގެ ތަނބު ކަމަށާއި އެކަލޭނގެފާނު އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމުގެ ދާންކޮޅުގައި އޮންނަވައި، އެންމެ ފަހުން ކުރެއްވި ވަސިއްޔަތަކީ، ނަމާދަށް ރައްކާތެރިވުމަށް ކުރެއްވި ވަސީއަތެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް