ads
މޯލްޑިވްސް ޕޮލިސް ސަރވިސްގެ 31 ވަނަ ބޭސިކް ތަމްރީން ކޯސް ފުރިހަމަ ކުރި ބައިވެރިން ދަސްވެނިވުމުގެ ތެރެއިން: ފޮޓޯ ފިނޭންސް މިނިސްޓްރީ
އިގްތިސާދު ކުރިއެރުވުމުގައި ފުލުހުންގެ ދައުރު މުހިންމު: ފިނޭންސް މިނިސްޓަރު
ބޭރުގެ އިންވެސްޓަރުން ރާއްޖެ ގެނައުމަށްޓަކައި ޤައުމުގައި ހަމަޖެހުން އޮތުމަކީ ކޮންމެހެން މުހިއްމުކަމެއްކަަމަށާއި އެކަމުގެ އެންމެ ބޮޑު ޒިންމާއެއް ހަވާލުވެފައިވާ މުއައްސަސާއަކީ ފުލުހުންގެ މުއައްސަސާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ބޭރުގެ އިންވެސްޓަރުން ރާއްޖެ ގެނައުމަށްޓަކައި ޤައުމުގައި ހަމަޖެހުން އޮތުމަކީ ކޮންމެހެން މުހިއްމުކަމެއްކަަމަށާއި އެކަމުގެ އެންމެ ބޮޑު ޒިންމާއެއް ހަވާލުވެފައިވާ މުއައްސަސާއަކީ ފުލުހުންގެ މުއައްސަސާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ 31 ވަނަ ބޭސިކް ތަމްރީން ކޯސް ފުރިހަމަ ކުރި ބައިވެރިން ދަސްވެނިވުމަށް ދ. ވާނީ ގައި ރޭ ބޭއްވި ރަސްމިއްޔާތު މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު ޝަރަފުވެރިކޮށް ދެއްވައި ވާހަކަ ދައްކަވަމުންނެވެ.

"ރަގަޅު އިގްތިސާދެއް ބިނާކުރެވޭނީ އިޖްތިމާއީ ހަމަހަމަކަމާއި، އެކައުންޓަބަލް އަދި ޑިމޮކްރެޓިކް ސިޔާސީ ހަރަކާތް ހިންގުމުގެ މިނިވަންކަމާއި، ރޫލް އޮފް ލޯ، ސިޔާސީ ހަމަޖެހުމާއި އަދި ގުޑް ގަވަނެންސް އޮވެގެން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރިސާޗް ދައްކާގޮތުން ރޫލް އޮފް ލޯ ވަރަށް ބޮޑަށް ޤާއިމްވެފަ އޮންނަ ޤައުމުތަކާއި ރޫލް އޮފް ލޯ ވަރަށް ދަށް ގައުމުތަކުގެ އިޤްތިސާދު ކުރިއަރާ މިންވަރުގައި އެވްރެޖްކޮށް 3 ޕަސަންޓު ދަށްކަމަށެވެ.

މިނިސްޓަރު ވިދާޅުވީ 2019 ވަނަ ވަނަ އަހަރު ބަންދުގައި މީހުން ބޭތިއްބުމާއި ރިހިބިލިޓޭޓްކުރުމަށް 400 ރުފިޔާ މިލިއަން ހަރަދުވިކަމަށެވެ.

"މިއީ އަޅުގަނޑުމެން ކަހަލަ ކުޑަ ވަސީލަތްމަދު ޤައުމަކަށް ނެގޭނެ ބުރައެއް ނޫން .ފުލުހުންގެ ރޯލް މުހިއްމުވަނީ މި ކަންތައް ހޯދުމުގެ އިތުރަށް މިކަންތައްތައް ހުއްޓުވޭނެ މިކޭނިޒަމް ވެސް ހޯދަން. އާއިލާއާއި ދުރުގައި ފުލުހުންގެ ޚިދުމަތުން ތަމްރީން ވުމަށްޓަކާ ތިޔަ ވެވަޑައިގެންނެވި އަގުބޮޑު ޤުރުބާނީ މާދަމާ ހަމަ އެގޮތުގައި ރައްޔިތުންނާ ހަމައަށް ފޯރުކޮށްދީ މުއައްސަސާގެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޕޮލިހުންގެ ޚިދުމަތަކީ ދުނިޔޭގެ ކޮންމެ ޤައުމަކަށް ބަލާލި ނަމަވެސް ޤަދަރުވެރި އަގުބޮޑު ޚިދުމަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބުނު ގޮތުގައި މިހާރު މި ހިންގާ އުސޫލުން މިކޯސް ފަރުމާ ކުރެވި ވަނަ އަހަރުން ފެށިގެން .ކޯހުގައި ކިޔަވާދޭ ބައިތަކުގެ ތެރެއިން 2016 ހިންގަން ފަށާފައިވަނީ އަޅުގަނޑު ވަރަށް ޝައުގުވެރިވި ބައެއް ފާހަގަ ކުރެވުނު" މިނިސްޓަރު ވިދާޅުވިއެވެ.

ދުނިޔޭގެ ކޮންމެ ގައުމެއްވެސް ހަމަޖެހުމާއި ފާގަތިކަމާއި އެކު ކުރިއަރައި ދިޔުމަށް އެންމެ ބޭނުންވާ ބަހާއަކީ އިޤްތިސާދީ ދުޅަހެޔޮކަންކަމަށާއި، އިޤްތިސާދު ކުރިއަރަން ބޭނުންވާ އެންމެ މުހިއްމު އެއް ބަހާއަކީ، އެތަނެއްގެ އަމާންކަމާއި، އެ ގައުމުގެ ރައްޔިތުންނާއި ބޭރުން ޒިޔާރަތްކުރާމީހުން އެ ގައުމުގައި ރައްކާތެރިކަން ވަޒަންކުރާ މިންވަރުކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެން ގޮތަކަށް ބުނާނަމަ، އިކޮނޮމިކް ޑިވޮލޮޕްމެންޓް އިޤްތިސާދު ކުރިއަރުވަން، އިފެކްޓިވް އަދި ޑިމޮކްރެޓިކް ފުލުހުންގެ ޚިދުމަތަކީ ކޮންމެހެން ބޭނުންވާ ކަމެއް. ރިސާޗް ދައްކަނީ، އޯގަނައިޒްޑް ކްރައިމް، ކޮރަޕްޝަން އިޤްތިސާދީ ކުރިއެރުމަށް ހުރަސްއަޅާކަން،"

ދުނިޔޭގެ ޤައުމުތަކަށް ބަލާލި ކަމުގައިވިޔަސް، ކޮރަޕްޝަނާއި އޯގަނައިޒްޑް ކްރައިމް ވަރަށް ބޮޑަށް ފެތުރިފައިވާނަމަ އެ ގައުމުތައް އިގްތިސާދީ ގޮތުން ކުރިއެރުން ވަރަށް ލަސްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އިފެކްޓިވް ފުލުހުންގެ ޚިދުމަތެއް މުހިއްމު ވަނީ މި ސަބަބުތަކާއި ހެދި .ކޮރަޕްޝަނާއި ކްރައިމް ހުއްޓުވޭނީ އިފެކްޓިވް ޕޮލިސިންގެ ސަބަބުން،" މިނިސްޓަރު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް