ads
ޑރ އިޔާޒް ..
ގައިދުރުކޮށް ސަފުހަދަން ވަކާލާތުކުރާ ގިނަ މީހުން ޖަމާއަތަށް ނުދޭ: ޑރ. އިޔާޒު
މިސްކިތްތަކުގައި ގައިދުރުކޮށް ސަފު ހެދުމަށް ވަކާލާތު ކުރާ ގިނަ މީހުންނަކީ މިސްކިތުގެ ޖަމާޢަތަށް ދާވެސް ބަޔެއް ނޫންކަމަށް ވިދާޅުވެ، އެޗްޕީއޭގެ ނިންމުމަށް އަނެއްކާ ވެސް ޑރ. މުހައްމަދު އިޔާޒު ފާޑުވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން ވަނީ މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތް ހަދާއިރު ގައިދުރުކަމާއެކު ޖަމާއަތް ހަދަން ފަށާފަ އެވެ. އެ ނިންމަށް އޭރުއްސުރެ ޑރ، އިޔާޒު ގެންދަވަނީ ފާޑު ވިދާޅުވަމުންނެވެ. 

އެގޮތުން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަޔަކު މީހުންގެ ނުރުހުމަށް ބިރުން ފިޔަވަޅުތައް އަނބުރާ ގެންނައިރު, الله ގެ ނުރުއްސެވުމަށް އަތުވެދާނެ ކަމަށް ބިރު ނުގަންނަނީތޯ ސުވާލު އުފައްދަވާފަ އެވެ.

އިޔާޒު އެގޮތަށް ވިދާޅުވެފައި އެވަނީ ކެމްޕެއިން ކުރަން ރަށްރަށަށް ކަރަންޓީނު ނުވެ ދެވޭ ގޮތަށް އުސޫލެއް ހަދައި އާންމުކުރުމާއެކު ރައްޔިތުންގެ ރުޅިވެރިކަން އިންތިހާއަށް ފެނި، އެޗްޕީއޭއިން އާންމުކުރި އުސޫލު އުވާލަން ނިންމި ނިންމުމަށް އިޝާރާތްކުރައްވަމުންނެވެ. 

އޭގެ އިތުރުން އިޔާޒު ވިދާޅުވީ ޖަމާއަތުގެ ނަމާދުގައި ގައިދުރުކޮށް ސަފު ހެދުމަށް ވަކާލާތު ކުރާ ގިނަ މީހުންނަކީ މިސްކިތުގެ ޖަމާއަތަށް ދާވެސް ބައެއް ނޫން ކަމަށެވެ، އެހެންކަމުން، އެކަމުގެ ތެރެއަށް ވަންނަނީ ކީއްކުރަންތޯ ސުވާލު ކުރެއްވި އެވެ.

"އަމިއްލަ ނަފްސާއި މައިން ބަފައިންނާއި ދަރިންނާއި އެންމެހައި މީސްތަކުންނަށް ވުރެ ރަސޫލާ ﷺ ދެކެ ލޯބިވެގެން މެނުވީ އީމާންކަން ފުރިހަމަ އެއް ނުވޭ. ވީއިރު އެކަލޭގެފާނުގެ ސުންނަތުގެ ދިފާޢުގައި ތެދުވާކަށް ނުވޭތޯ،" އިޔާޒު ވިދާޅުވި އެވެ. 

ރާއްޖޭގައި ގައިދުރުކޮށް ސަފުހެދުމާއި ސައުދީ އަރަބިއްޔާގެ ހަރަމްފުޅުގައި ގައިދުކޮށް ސަފު ހެދުމާއި އަޅާ ކިޔާ މީހުންނަށް ރައްދު ދެއްވާފައި އިޔާޒު ވިދާޅުވެފައި ވަނީ ހަރަމްފުޅުގައި ގައިދުކޮށް ސަފުހެދުމަށް ނިންމުމުން އެކަމައި ދެކޮޅަށް ދީނީ އިލްމުވެރިން ބަސް ނުބުނަނީ މަސްލަހަތައްޓަކައި ކަމަށާއި ސައުދީގެ އެއްވެސް އިލްމުވެރިއަކު ވެސް ގައިދުރުކޮށް ސަފު ހެދޭނެ ކަމަށް ނުބުނާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް