ads
ފޮޓޯ: ފޮރިން މިނިސްޓްރީ--
ސަރަހައްދުގެ ހަމަޖެހުމަށް އިންޑިއާ-ރާއްޖޭގެ ގުޅުން މުހިއްމު: ޝާހިދު
މި ސަރަހައްދުގެ ހަމަޖެހުމަށް އިންޑިއާ-ދިވެހިރާއްޖޭގެ ގުޅުމަކީ މުހިއްމު ދައުރެއް އަދާކުރާކަމެއްކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝާހިދު މިގޮތަށް ވިދާޅުވެފައި ވަނީ އިންޑިއާ ޓުޑޭ ކޮންކްލޭވް-ސައުތުގައި ވާހަކަ ދައްކަވަމުންނެވެ. 

އެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ މުސްތަގުބަލުގައި އިންޑިއާ ކަނޑުގެ ސަރަހައްދަށް އަންނަން އޮތް ތަރައްގީއަށް އަލިއަޅުވާލައި، ޑިމޮކްރެޓިކް ސުލްހައާއި ހަމަހަމަކަން ގާއިމުވުމުން މި ސަރަހައްދުގެ ގައުމުތަކަށް ލިބުނު ކުރިއެރުމާއި ތަރައްގީ ފާހަގަކުރައްވާފަ އެވެ. އަދި ސަރަހައްދުގެ ތަރައްގީއާއި ކުރިއެރުމާއި އަދި ސުލްހައާއި ރައްކާތެރިކަމުގެ އިތުރުން، ސަރަހައްދުގެ ގައުމުތައް ގުޅިގެން ކުރާ މަސައްކަތުގައި އިންޑިއާގެ މުހިއްމު ދައުރާއި އިންޑިއާގެ އިސްނެގުން ވެސް ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން ޖިއޮގްރަފިކަލް ގޮތުން އޮންނަ ތަނުގެ ސަބަބުން ބައިނަލްއަގުވާމީ ވިޔަފާރީގައި ރާއްޖެއަކީ އަގުނުކުރެވޭނެފަދަ ބައިވެރިއެއްކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

މި އަހަރު ޗެންނާއީގައި ބާއްވާ މި ބައްދަލުވުމަކީ ހަތަރުވަނަ އެޑިޝަން އެވެ. އެ ބައްދަލުވުމުގައި އެކިއެކި ދާއިރާތަކުން ބޭފުޅުން ވާހަކަ ދައްކަވަން ހަމަޖެހިފައިވާއިރު މައިގަނޑު ގޮތެއްގައި އެ ބައްދަލުވުމުގައި މަޝްވަރާކުރެވޭނީ ސޯޝިއޯ-ޕޮލިޓިކަލް ގޮތުން ސަރަހައްދަށް އަންނަ ތަރައްގީއާއި ކުރިއެރުމާއި ގުޅޭގޮތުންނެވެ. 

އެ ކޮންކްލޭވް އިންތިޒާމްކުރަނީ އިންޑިއާގެ މީޑިއާއެއްކަމަށްވާ އިންޑިއާ ޓުޑޭ އިންނެވެ.

އެ ބައްދަލުވުމުގައި "ނެއިބަހޫޑް ނެވިގޭޝަން: ދަ ކޮމޮން ވޯޓާސް: އޯލްޑް ޓައިސް، ނިއު ސްޓްރެޓެޖީސް" ނަމުގައި ބޭއްވި ސެޝަންގައި މިނިސްޓަރު ޝާހިދުގެ އިތުރުން ސްރީލަންކާގެ ފޮރިން މިނިސްޓަރު ދިނޭޝް ގުނަވަރުދެނަ ވަނީ ވާޗުއަލްކޮށް ބައިވެރިވެވަޑައިގެންފަ އެވެ. އަދި އިންޑިއާ ފައުންޑޭޝަންގެ ބޯޑް އޮފް ގަވާނާސްގެ މެމްބަރު ރާމް މަދަވް ވެސް ބައިވެރިވެވަޑައިގަތެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް