އެޗްޕީއޭ އިން އާއްމުކުރި ކޮވިޑްގެ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ފާއިތުވި 24 ގަޑިއިރު ތެރޭގައި 4،628 ސާމްޕަލެއް ޓެސްޓް ކުރެވިފައިވާއިރު، އޭގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 94 މީހުންނެވެ. އަދި މާލޭ ސަރަހައްދުން ޕޮޒިޓިވްވީ 65 މީހުންނެވެ. އަދި އަތޮޅުތަކުން 14 މީހަކާއި ރިސޯޓުތަކުން 15 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
އިއްޔެގެ އަދަދުތަކަށް ބަލާއިރު، މިއަދަދުތަށް އުޅުނީ 114 ގައެވެ. އަދި ފާއިތުވި ދެ ދުވަހުވެސް މަޑުމަޑުން އަދަދުތަށް ދަށްވަމުން އަންނަކަން ވަނީ ފާހަގަކުރެވިފައެވެ.
މިއަދު ޕޮޒިޓިވްވި 94 މީޙުންނާއިއެކު، މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 21،476 އަރާފައެވެ. އަދި ހޮސްޕިޓަލް ތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދުތައް ވެސް މިރޭ ދަށްކަން ފާހަގަކުރެވެ އެވެ. އެގޮތުން މިވަގުތު ހޮސްޕިޓަލްގައި ފަރުވާދެމުންދަނީ 136 މީހުންނަށެވެ. މި އަދަދުތަށް ކުރިން ހުރީ 160 އިން މަތީގައެވެ.
ރާއްޖޭއިން މިބަލިން މިހާތަނަށް ރަނގަޅުވެފައިވަނީ 18،967 މީހުންނެވެ. އަދި ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 64 އަށް އަރާފަ އެވެ.