ads
ފުލުހުން މަސްތުވާތަކެތި ހޯދުމަށް ހިންގި އޮޕަރޭޝަނެއް
ފަޅު ރަށެއްގެ ގޮނޑުދޮށުން މަސްތުވާތަކެތި ފެނިއްޖެ
ތ. ފިނޮޅު ކިޔާ ފަޅުރަށެއްގެ ގޮނޑުދޮށުން މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އެ ރަށުގެ ގޮނޑުދޮށުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ކޮތަޅު ފެނިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ، އެ ފަޅު ރަށަށް ގޮސް އުޅުނު ބަޔެެކެވެ.

ފުލުހުން ބުނީ އެކަމުގެ ރިޕޯޓް ލިބިފައިވަނީ، އިއްޔެ އިރުއޮށްސި 19:00 ހާއިރު ކަަމަށެވެ. އަދި އެ މައުލޫމާތާއި ގުޅިގެން ފުލުހުން އެ ރަށަށް ގޮސް އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން ކަމަށް ފުލުހުން ބުނެއެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް