ads
އިންޑިއާގެ މަނަވަރު ރާއްޖޭގައި--
ފުރަތަމަ ޖޮއިންޓް އިންޑިއާ-ދިވެހިރާއްޖެ ކަނޑުތަކުގެ ސާވޭ ނިންމައިފި
ފުރަތަމަ ޖޮއިންޓް އިންޑިއާ-ދިވެހިރާއްޖެ ކަނޑުތަކުގެ (ހައިޑްރޮގްރަފިކް) ސާވޭ ކުޅުދުއްފުށީ ސަރަހައްދުގައި ކުރިއަށް ގެންގޮސްފިއެވެ.

މިސާވޭގެ މަސައްކަތް ފަށައިފައި ވަނީ މިއަހަރު ފެބްރުއަރީ 4 ވަނަ ދުވަހުއެވެ. 

މިއީ 2019ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައި ދިވެހިރާއްޖެއާއި އިންޑިއާގެ ދެމެދުގައި ސޮއި ކުރެވުނު "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އިން ހައިޑްރޮގްރަފީ" ގެ ދަށުން، ދެގައުމު ގުޅިގެން ހިންގުނު ފުރަތަމަ ހައިޑްރޮގްރަފިކް ސާވޭއެވެ. މި ސާވޭގެ ސަބަބުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ސައްހަކަން ބޮޑުކޮށް ޗާޓުކުރެވި، 'ބްލޫ އިކޮނޮމީ' ނުވަތަ 'ނޫ އިގްތިސާދަށް' މަގުފަހިވެގެންދާނެއެވެ. ނޫ އިގްތިސާދަކީ ރައީސް އިބްރާހިމް މުޙައްމަދު ސާލިހުގެ ސަރުކާރުން ގެންގުޅުއްވާ 'ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސް.އޭ.ޕީ)' ގެ ތެރޭގައި ހިމެނޭ ފަސް ޕްރައޯރިޓީ ސެކްޓަރ ތަކުގެ ތެރެއިން ފުރަތަމަ ސެކްޓަރއެވެ.

1983ގެ ފަހުން އެންމެ ފުރަތަމަ ކުރެވުނު މިފަދަ ސާވެގެ ސަބަބުން މި ސަރަހައްދުގައި ނެވިގޭޝަން ފެސިލިޓޭޓް ކުރެވި، ކުޅުދުއްފުށްޓަކީ ބައިނަލްއަގްވާމީ ބަނދަރަކަށް ހެދުމުގެ މަސައްކަތުގެ ބިންގާ އެޅިގެންދާނެއެވެ. އަދި ޔޮޓުތަކާއި ބޯޓުތަކަށް ފަސޭހައިން ނެވިގޭޓް ކުރެވޭނެހެން ޗާޓުތަކުގައި ވަކިކުރެވޭނެއެވެ. އަދި ފަރަށް އެރުމުގެ ނުރައްކަލާއި ކުރިމަތި ނުލާ ރަށްރަށާއި ކައިރިވެވޭހެން ރަށްތަކުގެ ވަށައިގެންވާ ފަރުތަކުގެ ސަރަހައްދުވެސް ސާފުކޮށް ޗާޓުތަކުގައި ހިމެނިގެންދާނެއެވެ.

ކުޅުދުއްފުށި ސަރަހައްދުގެ ސާވޭގެ އިތުރުން، މަނަވަރު ވަނީ ތިލަދުންމަތި ދެކުނުބުރިން ފެށިގެން މިލަދުންމަޑުލު އުތުރުބުރި އާއި ހަމައަށް ހިމެނޭ ސަރަހައްދުގެ ސާވޭވެސް ފުރިހަމަކޮށްފައެވެ. މީގެ ސަބަބުން ދިވެހިރާއްޖޭގެ އުތުރު ސަރަހައްދުގެ ރަށްތަކުގެ ނެރުތަކާއި ފަޅުތައް ދެނެގަނެވޭނެ ކުޑަ ސްކޭލް ޗާޓެއް ކުރިމަގުގައި ޝާއިއު ކުރުމަށް މަގުފަހިވެގެންދާނެއެވެ.

މި ޖޮއިންޓް ސާވޭ ކުރިއަށް ގެންދިއުމުގައި އެމް.އެން.ޑީ.އެފް ގެ ސިފައިންނަށް އެކި ކަހަލަ ސާވޭ އިކުއިޕްމެންޓް ގެންގުޅުމާއި ގުޅޭ ގޮތުން އޮން-ދަ-ޖޮބް ތަމްރީނު ފޯރުކޮށްދެވުނެވެ. މީގެ ސަބަބުން މުސްތަގްބަލުގައި ދިވެހި ސިފައިންނަށް މިފަދަ ސާވޭތައް އަމިއްލައަށް، މިނިވަންކަމާއިއެކު ކުރިއަށް ގެންދެވޭނެއެވެ. އަދި އެމް.އެން.ޑީ.އެފްގެ ގާބިލުކަމާއި ހުނަރުވެރިކަން އިތުރުކުރުމަށް އެޙިތެރިވުމުގެ ސިޔާސަތުގެ ދަށުން، އެމް.އެން.ޑީ.އެފް ގެ ތެރޭގައި ހައިޑްރޮގްރަފިކް ފެސިލިޓީތައް ގާއިމް ކުރުމުގައި އިންޑިއާއިން އެހީތެރިވާނެއެވެ. އަދި އެމް.އެން.ޑީ.އެފް ކޯސްޓް ގާޑަށް ސްޓޭޓް-އޮފް-ދަ-އާޓް ހައިޑްރޮގްރަފިކް އިކުއިޕްމެންޓް ހަދިޔާކުރެވޭނެއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގައި ޖިއޯޑެޓިކް ނެޓްވޯކެއް ގާއިމްކުރުމަށްޓަކައި ބޭނުންވާ ޖިއޯޑެޓިކް ސިސްޓަމްތައްވެސް ހަދިޔާކުރެވޭނެއެވެ – މިއީ މުސްތަގްބަލުގައި ގެނެވޭ އެކި ތަރައްގީތަކަށާއި، ގާއިމްކުރެވޭ އޮފްޝޯ ކޮންސްޓްރަކްޝަންތަކަށް ކޮންމެހެން ބޭނުންވާނެ ކަމެކެވެ.

ދިވެހިރާއްޖެ ފަދަ ކަނޑާއި ގުޅިފައިވާ ގައުމެއްގެ އިގްތިސާދު ކަނޑުގެ ވިޔަފާރިއާއި ހަރަކާތްތަކުގެ މައްޗަށް ބިނާވެފައިވާއިރު، މި ޗާރޓު އާއްމު ކުރެވުމުގެ ސަބަބުން ރާއްޖޭގެ އުތުރުގެ ހިސާބުގެ ކަނޑު ތަކުގައި ދަތުރުފަތުރު ކުރުމުގައި އަދި ނެވި ކަމުގައި ފަސޭހަކަމެއް ލިބިގެންދާނެއެވެ. މީގެ ސަބަބުން ކުރިއަށްއޮތް އަހަރުތަކުގެ ތެރޭގައި ގައުމުގެ ވިޔަފާރިތައް އިތުރަށް ފުޅާ ވެގެންދާނެއެވެ. އަދި ރަށްގިރުމާއި، ބިން ހިއްކުމާއި، އިންޑްސްޓްރިއަލް ވޭސްޓް ޑަމްޕިން ގްރައުންޑް ފަދަ ތަންތަން ގާއިމްކޮށް މޮނިޓަރ ކުރުމާއި، އަކުއާކަލްޗާ ހަރަކާތްތައް ތަރައްގީކުރުމާއި، ދަތުރުފަތުރު އަދި ޕަބްލިކް ވޯކްސް މަޝްރޫއުތަށް ހިންގާ، މޮނިޓަރކޮށް، ކޮންޓްރޯލްކުރުމަށް މަގުފަހިވެގެންދާނެއެވެ.

މި ފުރަތަމަ ޖޮއިންޓް ސާވޭ އަކީ ޑިފެންސް އަދި ސްޓްރެޓީޖިކް އެންގޭޖްމެންޓްގެ ދާއިރާއިން އިންޑިއާ އާއި ދިވެހިރާއްޖޭގެ މެދުގައި ޒަމާނުއްސުރެ އޮންނަ ގުޅުމުގެ އައު ލަނޑުދަނޑިއެކެވެ. ދެގައުމުގެ މެދުގައި ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން ޖޮއިންޓް ހަރަކާތްތައް މިހާ އަވަސްކަމާއިއެކު ފެށިގެން ކުރިއަށްދާކަމަށްޓަކައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށާއި، ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ، އަދި ޗީފް އޮފް ޑިފެންސް ފޯސް ޝަމާލްއަށް، އަދި ދިވެހި ސިފައިންނަށް އިންޑިއާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް