ads
ބްރޯޑްކާސްޓިން ކޮމިޝަން-
ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރެއްގެ މަގާމު ހަމަވާތީ، އެ މަގާމަށް މެމްބަރަކު އައްޔަން ކުރުމަށް އެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން މިއަދު އާންމު ކުރި ގޮތުގައި، މި މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މިމަހު 22 ވާ ހޯމަ ދުވަހުގެ 13:30ގެ ނިޔަލަށެވެ.

އެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށާއި އަދި އެ އޮފީހުގެ ވެބްސައިޓް އިން ފޯމު ޑައުންލޯޑް ކުރެއްވޭނެ ކަމަށް  ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރު ކަމަށް ހުޅުވާލުމުން ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތުހަމަވާ މީހުންގެ ނަންތައް ރައީސް އޮފީހުން ފޮނުވާނީ ރައްޔިތުންގެ މަޖިލީހަށެވެ. އެގޮތުން އެ ލިސްޓު މަޖިލީހަށް ފޮނުވާނީ ރައީސް އިސްކަންދެއްވާ ތަރުތީބުންނެވެ. 

އޭގެ ފަހުން އެމަގާމަށް ބޭފުޅަކު އައްޔަން ކުރައްވާނީ، މަޖިލީހަށް ފޮނުވި އެ ނަންތައް މަޖިލީހުން ދިރާސާ ކުރުމަށްފަހު، މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް