ads
ރައީސް ސޯލިހުގެ ދެކަނބަލުން --
ގަތަރާއި ބަންގްލަދޭޝަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ފުރާވަޑައިގެންފި
ގަތަރަށް ކުރައްވާ ރަސްމީ ދަތުރުފުޅު އަދި ބަންގްލަދޭޝަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި މި ދަތުރުފުޅުގައި ރައީސް ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އަދި ސަރުކާރުގެ އިސް އޮފިޝަލުންގެ މައްޗަށް އެކުލެވޭ ވަފުދެއް ރައީސް އާއެކު ބައިވެރިވެވަޑައިގަންނަވާނެ އެވެ. 

އެގޮތުންމި ރައީސް ގަތަރަށް ކުރައްވާ ދަތުރުފުޅަކީ ނިމިދިޔަ ސަރުކާރުގައި މެދުކަނޑާލާފައިވާ ގަތަރާއި ރާއްޖޭގެ ސިޔާސީ ގުޅުން މި ސަރުކާރުން އަލުން ގާއިމު ކުރުމުން، އެކަން ފާހަގަ ކުރައްވާ، ދެ ގައުމުގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅިގެން މަޝްވަރާ ކުރެއްވުމަށް ކުރާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ގަތަރާއެކުއޮތް ސިޔާސީ ގުޅުން ރާއްޖެއިން ކަނޑާލާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެގޮތުން 2017 ވަނަ އަހަރު ގަތަރާއެކު އޮތް ގުޅުން ރާއްޖެއިން ކަނޑާލީ ޓެރަރިޒަމާއި ހައްދުފަހަނައެޅުމާ ދެކޮޅަށް ދިވެހި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށް ބުނެ އެވެ. 

މީގެ އިތުރުން، ރައީސް ސޯލިހު ބަންގްލަދޭޝަށް ކުރައްވާ ފުރަމާނަ ދަތުރުފުޅަކީ، "ބާތް އޮފް ޝެއިހް މުޖީބުއް ރަހްމާން" ގެ ރަސްމީ ހަފްލާގައި ބައިވެރިވެ ވަޑައިގެންނެވުމުގެ އިތުރުން، ބަންގަލަދޭޝުގެ ބޮޑުވަޒީރުގެ އަރިހަށް ޒިޔާރަތް ކުރެއް ވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މި ދަތުރުފުޅުގައި ބަންގްލަދޭޝް ސަރުކާރުގެ އިސް އޮފިޝަލުންނާއި ބައްދަލު ކުރައްވާ، އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހު ކުރުމާިއ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖައްސާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. 

މީގެ އިތުރުންވެސް ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހިންނާއި މި ދަތުރުފުޅުގައި ރައީސް ބައްދަލު ކުރައްވަން ހަމަޖައްސާފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. 

ރައީސްގެ ދެކަނބަލުންނާއި މި ދަތުރުގައި ބައިވެރިވި އެހެން ބޭފުޅުން އެނބުރި ރާއްޖެ އަންނާނީ ހޮނިހިރު ދުވަހު ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް