ads
މަލްހާ--
ކެންސަރުގެ ޝިކާރައަކަށްވެފައިވާ މަލްހާއަށް އިތުރު ބިރެއް!
އުމުރުން ނަވާރަ އަހަރުގައި ލޭގެ ކެންސަރު ބަލީގެ ޝިކާރައަކަށް ވެފައިވާ މަލްހާއަށް އިތުރު ބިރުވެރި ކަމެއް ކުރިމަތި ކުރުވީ ކޮވިޑް-19 ގެ ބަލިމަޑުކަމެވެ.

ވައިޓް ބްލަޑް ސެލްސްއަށް ޖެހޭ ކްރޯނިކް މައިލޮއިޑިލިއުކީމިއާގެ ބަލީގައި އުޅޭތާ މިއަހަރު ފެބްރުއަރީ 14 އަށް ނުވަ އަހަރުވެފައި ވާއިރު، މަލްހާ ވަނީ އންޑިއާ އަދި މެލޭޝިޔާގައި ވެސް ފަރުވާ ހޯދާފަ އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އާއްމުކޮށްފައިވާ ވިޑިއޯ ޑޮކިއުމެންޓަރީއެއްގައި އޭނާ ބުނެފައިވަނީ، ފާއިތުވި ނުވަ އަހަރަކީ ހިތާމައާއި ހިތްދަތި ކަމުގެ އިތުރުން ވޭނުގައި، ކީމޯ ތެރަޕީ ނެގުމުގައި ހޭދަކުރި ދުވަސްތަކެއް ކަމަށެވެ.

ނަމަވެސް ފާތިތުވެ ދިޔަ ހަތަރު އަހަރު އޭނާ ހޭދަކޮށްފައި ވަނީ ރިވިޝަންގައި ކަމަށާއި މިއީ ފާއިތުވެދިޔަ ނުވަ އަހަރު ތެރޭގައި ވެސް ލިބުނު އެންމެ އުފާވެރި ހަބަރުކަމުގައި އޭނާ ބުންޏެވެ. އިތުރަށް ކީމޯ ނަގަން ނުޖެހޭނެ ކަމަށާއި، ބޭސް ހުއްޓާލެވިދާނެ ކަމުގެ ފޮނި ހަބަރާއެކު މަލްހާ އެނބުރި މާލެ އައީ ވަރަށްވެސް އުފާވެރ، ފޮނި އުންމީދުތަކަކާ އެކުގައެވެ. 

މާލެ އައިތާ މާ ގިނަދުވަހެއް ނުވެ އޭނާ ވަނީ ކޮވިޑް-19ގެ ނުރައްކަލާ ކުރިމަތިލާން ޖެހިފައެވެ. ކޮވިޑް ޖެހުމުގެ ސަބަބުން މީހާ އިތުރަށް ބަލިވެ، އަނެއްކާވެސް ހަށިގަނޑުގެ ތެރޭގައި ކެންސަރު ބަލި ވަނީ ފެތުރެންފަށާފަ އެވެ. ކޮވިޑް ޖެހުނުތާ ފަސް މަސް ވެފައިވާއިރު، ކެންސަރު ބަލި ހަށިގަނޑުގެ ތެރޭގައި ފެތުރުން ހުއްޓުވުމަށް ފަރުވާކުރަމުންދާ މަލްހާގެ އުންމީދަކީ ވީހާވެސް އަވަހަކަށް ރިވިޝަންގެ ހާލަތަށް އެނބުރި އައުމެވެ. 

ދެވަނަ ފަހަރަށް ކޮވިޑް ބަލި ޖެހިއްޖެ ނަމަ ސަލާމަތް ނުވާނެކަމަށް މަލްހާގެ ޑޮކްޓަރުން ބުނެފައިވާއިރު ކޮވިޑުން ރައްކާތެރިވުމަށް މަލްހާ ވަނީ ވެކްސިން ވެސް ޖަހާފައެވެ. 

އުމުރުން އަށާވީސް އަހަރުގެ މަލްހާގެ އާދޭހަކީ ހުރިހާ އެންމެންވެސް އަވަހަށް ވެކްސިން ޖަހާ، ބަލިން ރައްކާތެރިވުމެވެ. އާދައިގެ މީހަކަށް މި ބަލީގެ ނުރައްކާ ބޮޑު ނުވިކަމުގައި ވިޔަސް، މަލްހާ ފަދަ ބޮޑެތި ބަލިތަކުގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް މީ ވަރަށް ވެސް ބޮޑު ބިރުވެރި ކަމެކެވެ. ވީހާވެސް ގިނަބަޔަކު ވެކްސިން ޖަހައި، ބަލިން ރައްކާތެރި ވެއްޖެނަމަ ބަލި ފެތުރުން ކޮންޓްރޮލް ކުރެވި، އޭނާ ފަދަ ބޮޑެތި ބަލިތަކަށް ބޭސްކުރަމުންދާ މީހުންނަށް ބަލިޖެހުމުގެ ފުރުސަތު ކުޑަވެގެން ދާނެއެވެ.

62%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
16%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް