ads
އައިއޯއައިޖީގެ ތެރެއިން (ޓީޓީ) ފޮޓޯ:އެމްއޯސީ
ޓީޓީގެ ބައިނަލްއަގްވާމީ ދެ މުބާރާތެއް ރާއްޖޭގައި ބާއްވަން ފުރުސަތު ލިބިއްޖެ
ކޮމަންވެލްތު ޔޫތު ޓުއާ އަދި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބިއްޖެކަމަށް ޔޫތް މިނިސްޓަރު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ޓީޓީގެ ބައިނަލްއަގުވާމީ ދެ މުބާރާތެއް މިއަހަރުގެ އޯގަސްޓް މަހު މާލޭގައި ބޭއްވުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާކަމަށް މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން، މޯލްޑިވްސް ޓޭބަލް ޓެނިސް އެސޯސިއޭސަނުން ވަނީ ސީނިއަރ އަދި ޖޫނިއާ ޓީމްތަކުގެ ކޯޗަކަށް ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސް ހަމަޖައްސާފައިވާކަން ވެސް ވަނީ މިނިސްޓަރު ހާމަކުރައްވާފަ އެވެެ. ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސްއަކީ ގްރީސްގެ ގައުމީ ޓީމަށް ކޯޗުކަން ކޮށްދެއްވާފައިވާ ފުންނާބުއުސް ކާމިޔާބު ކޯޗެކެވެ.

ޓީޓީ އިން ރާއްޖެއަށް ގިނަ ކާމިޔާބީތަކެއް ހޯދިފައިވާ އރު ނިމި ދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމް އިން ވަނީ 3 ރަން މެޑަލް ހޯދާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް