ads
ޑރ. މުހައްމަދު މުއިއްޒު--
"ރައްޔިތުންގެ އިތުބާރު ނަގައެއް ނުލާނަން"
ރައްޔިތުންގެ އިތުބާރު ނަގާނުލާނެ ކަމަށާއި އަމާނާތްތެރިކަމާއެކު މަަސައްކަތްކުރާނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީގެ މެމްބަރު ކަމަށް ހުޅުމާލޭ ދާއިރާއަށް ވާދަކުރައްވާ، އިބްރާހީމް ޝުޖާއުގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ މުއިއްޒު ވިދާޅުވީ އެގޮނޑިއަށް ވާދަކުރައްވަނީ ގައުމަށް މިވަގުތު ކުރިމަތިވެފައިވާ ނުރައްކާތެރި ފައްތަރުން މިގައުމު ސަލާމަތްކުރުމަށް އޮތް ފަހު ފުރުސަތަކީ އެއީކަން ދެނެހުރެ ކަމަށެވެ. 

އެގޮތުން ހަބަރުތަކުން ވެސް އިވިގެންދަނީ ބިރުވެރި އަޑުތަކެއްކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އުތުރުތިލަފަޅުގެ އެއްބަސްވުމުގެ ތަފްސީލު ހާމަކުރުމަށް ގޮވާލަމުން ދަނިކޮށް މިއަދު ވެސް އިވިގެންދިޔައީ ގައުމުގެ މިނިވަންކަން ގެއްލޭ ހިސާބުގައި ކަންކަން އޮތް ގޮތުގެ ވާހަކަ ކަމަށެވެ. 

މުއިއްޒު ވިދާޅުވީ މިފަހަރު ގައުމިއްޔަތުގެ ވިސްނުމުގައި ތިބި ބަޔަކަށް ވޯޓު ނުދީފިނަމަ، ގައުމު ނުފެންނާ ކަމަށާއި އެގޮތުން ގައުމުގެ ހައްގުގައި ޖިިހާދުކުރި އަބްތޯލުންގެ ޖިހާދު ވެސް ވާނީ ބޭކާރު އެއްޗަކަށްތޯ، ސުވާލު އުފެއްދެވި އެވެ. އަދި ވިދާޅުވީ އަންނަ މަހުގެ 10 ވަނަ ދުވަހު އަތަށް ލިބޭނީ ކަރުދާސްކޮޅެއް ނޫން ކަމަށާއި އެއީ ގައުމުގެ މިނިވަންކަމާއި ގައުމިއްޔަތުގެ ޒިންމާ ސަލާމަތްކޮށް ގައުމީ ވާޖިބު އަދާކުރަން ލިބޭ ފުރުސަތެއް ކަމަށެވެ. 

"މި ފިކުރުގަ ނިކުމެ އަޅުގަނޑުމެން މިތިބީ ރުކަށް ވޯޓުދޭން. އަޅުގަނޑުމެން ނިކުމެ މިތިބީ އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު ގައުމު ސަލާމަތްކުރުމުގެ މަސައްކަތްކުރުމަށްޓަކައި،"

އޭގެ އިތުރުން މުއިއްޒު ވިދާޅުވީ ރައްޔިތުންނާއި އެންމެ ގާތުން މަސައްކަތްކުރަން ނިކުންނަ ބަޔަކީ ކައުންސިލަށް އިންތިހާބުވާ ފަރާތްތައް ކަމަށާއި އެހެންކަމުން، ނިކުންނެވީ އެ އަޒުމުގައި ކަމަށެވެ. މުއިއްޒު ވިދާޅުވީ ސިޔާސީ ބައިބައިވުން އެއްފަރާތްކޮށް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށް ގައުމީ މައްސަލަތައް ހައްލުކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް