ads
މުހައްމަދު ސައީދު
ހަބަރު ވިދާޅުވާން އިނދެފައި އައިސް ޝުޖާއި އާއި ވާދަކުރަން ލަދުގަންނަން ޖެހޭ: ސައީދު
ޗެނަލްއެއްގައި ހަބަރު ވިދާޅުވާން އިނދެފައި އައިސް ޝުޖާއު އާއި ވާދަކުރަން ލަދުގަންނަން ޖެހޭކަމަށް ވިދާޅުވެ، ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ހުޅުމާލެ ދާއިރާއަށް ވާދަކުރައްވާ ރިޒްނާ ޒަރީރުއަށް، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަހުމަދު ސައީދު ބަހުގެ މަހަލާތަކެއް ދެއްވައިފި އެވެ.

ސައީދު މިހެން ވިދާޅުވީ، ކައުންސިލް އިންތިހާބުގައި އިދިކޮޅި ކޯލިޝަންގެ ފަރާތުން ހުޅުމާލެ ދާއިރާއަށް ވާދަކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއުގެ ކެމްޕެއިން ޖަގަހަ "ޕީޕީއެމް ޔޫތު ސިޓީ ޖަގަހަ" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. 

ސައީދު ވިދާޅުވީ، އިންތިހާބުގައި ޝުޖާއު އާއި ވާދަކުރެވޭ ވަރުގެ މީހެއް ވާދަ ނުކުރާ ކަމަށާއި، އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ ރިޒްނާއަށް "އެކަމެއް" ނުވާނެ ކަމަށެވެ. އަދި އެކަން ވަރަށް ސާފު ކަމަށާއި، ޗެނަލްއެގައި ހަބަރު ވިދާޅުވާން އިނދެފައި ނިކުމެ ޝުޖާއު އާއި ވާދަކުރައްވަން ލަދުދަންނަން ޖެހޭކަމަށްވެސް ސައީދު ވިދާޅުވިއެވެ. 

ޝުޖާއު އާއި އަޅާބަލާއިރު ހުޅުމާލޭގެ ތަރައްގީއަށް ރިޒްނާ ކޮށްދިނީ ކޮންކަމެއްތޯ ސުވާލު އުފައްދަވަމުން ސައީދު ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކަން އުޅުނު އިރު ޝުޖާއު ހުންނަވާނެ ކަމަށާއި، އެތަނުގައި 25 ބުރީގެ 16 ޓަވަރު އަޅަން ތައްޔާރު ކުރިއިރު، "ބިން ހެޔޮވަރު ކުރިއިރު، ފައިސާ ހޯދިއިރު، އަދި އެތަން ހުޅުވަން ވެގެން މަސައްކަތް ކުރިއިރުވެސް" ޝުޖާއު އެވަރެއްގައި ހުންނެވި ކަމަށެވެ. 

މީގެއިތުރުން އެމްޑީޕީއަށް ފާޑުވިދާޅުވަމުން ސައީދު ވިދާޅުވީ، އިދިކޮޅު ކޯލިޝަންއިން ކަންކަމަށް ނިކުންނަނީ، "މީހަކަށް މީހެއް" ގޮވައިގެން ނޫން ކަމަށެވެ. 

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވަނީ، އެމްޑީޕީގެ ޓިކެޓުގައި މާލެ މޭޔަރުކަމަށް ވާދަކުރައްވާ އަނަސް އަބްދުލްސައްތާރު އަށްވެސް ވަރަށް ބޮޑަށް ބަހުގެ ހަމަލާތައް ރައްދުކުރައްވާފައެވެ. 

6%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
63%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް