ads
އަދުރޭ-
މިއީ ގައުމު އިސްކޮށް، ގައުމު ސަލާމަތް ކުރަން ނިކުންނަންވީ ވަގުތު: އަދުރޭ
މިއީ ގައުމު އިސްކޮށް، ގައުމު ސަލާމަތް ކުރަން ނިކުންނަންވީ ވަގުތު ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އަދުރޭ މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓުވީޓެއްގައެވެ. 

އެގޮތުން މިވަގުތަކީ ސިޔާސީ ހިޔާލު ތަފާތުވުމާއި ޒާތީ ކަންކަމުން އެއްކިބާވާންވީ ވަގުތު ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި މިއީ މުޅި ގައުމު އެކީ އެކުގައި ގައުމީ ވިސްނުން އިސްކޮށް، ގައުމު ސަލާމަތް ކުރަން ނިކުންނަންވީ ވަގުތު ކަމަށް އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހިންގެ އަތުން މި ލޮބުވެތި ދިވެހި ބިން އެއްކޮށް ބީވެގެން ދިޔުމުގެ ކުރިން، ކާބަފައިން ހަވާލު ކުރި ޒިންމާ އަދާ ކުރުމަށް އަދުރޭ ގޮވާލާފައިވެއެވެ. 

ނޫހަކުން ލިޔެފައިވާ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުގެ ހަބަރެއް ހިއްސާ ކުރައްވާ، ސިޔާސީ މަގުސަދެއްގައި ސިފައިންނާ ފުލުހުންގެ އަގު ވައްޓާލުމަކީ އެކަމަނާ އަދި އެ ކަމަނާގެ ޕާޓީން ކުރާ ކަމެއް ކަމަށް އަދުރޭ ވިދާޅުވެފައިވެއެވެ. 

އަދުރޭ ވިދާޅުވީ "ދިވެހި ސިފައިންނަކީ ބަލި ފިނދަނަތަކެއް ކަމަށް" ސިފަ ކުރެއްވީވެސް ހަމަ އެކަމަނާ ކަމަށެވެ. އަދި މިއަދު އެފަދަ ވާހަކައެއް ދައްކަވަން މިނިސްޓަރު މާރިޔާގެ "ލަދު ހަޔާތް" ކޮބާތޯ އަދުރޭ ސުވާލު ކުރައްވާފައިވެއެވެ.

ބެލެވޭ ގޮތުގައި މި ޓުވީޓުތަކަކީ އުތުރުތިލަފަޅުގެ އެެއްބަސްވުން ކަަމަށް ބުނެ ދައުރު ކުރަމުންދާ އެއްބަސްވުމުގެ މައްސަލައިގައި ކޮށްފައިވާ ޓުވީޓު ތަކެކެވެ. އުތުރުތިލަފަޅުގެ އެެއްބަސްވުން ކަަމަށް ބުނެ ދައުރު ކުރަމުންދާ ލިޔެކިއުންތަކަކީ ހަގީގަތާއި ހިލާފު ލިޔެކިއުންތަކެއް ކަމަށް އެމްއެންޑީއެފުން ބުނެފައިވާއިރު، މި މައްސަލައިގަިއ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރާއި އެމްއެންޑީއެފަށް ވަނީ ކުރިމަތި ވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް