ads
ކުއްޖާގެ ސަންދޯއް އަދި ކުއްޖާ މަރުވަންދެން ބާއްވާފައިވާ ތަން-
ފުރާނައެއް ވަކިވެދިޔަ އިހާނެތި ގޮތް އާއިލާގެ ދުލުން: ހިތްފަޅަައިގެން ދާވަރުވި!؟
ކައިވެނީގެ ގުޅުމުން އުފެދިގެން އަންނަ ކުޑަ އާއިލާގެ ހަގީގީ ފޮނިކަން އިހްސާސް ކުރެވެނީ އެދެމަފިރިންގެ ލޯތްބަށް ބަހާރު މޫސުން ގެނުވާ ކުޑަކުޑަ މައުސޫމް ދަރިފުޅު އުފަންވާ ހިސާބުންނެވެ. އެކަމަށްޓަކައި މައިމީހާ ނުވަ މަހާއި 9 ދުވަސް ވަންދެން އެއުފުލާ ވޭނާ ކެކުޅުން އެއީ ދުލުން ބުނެދެވޭނެ ވޭނެއް އަދި ގުރުބާނީ އެއްވެސް ނޫނެވެ. އަދި އެއްވެސް މަޔަކު އެކަމުގައި އަޅާ ވޭނަކީ “ފޭކެއް” ވެސް ނޫނެވެ.

ނަމަވެސް ހިތާމައަކީ އެކަން ބައެއް މީހުންނަށް ފަހުމުނުވާ ކަމެވެ. އެފަދަ ދަނޑިވަޅެއްގައި މަޔަކު ހޮސްޕިޓަލަށް ގެންދެވުމުން އޭނާގެ ހަށިގަނޑުން އިތުރު ފުރާނައެއް އުފަންކުރުމަށް އެއަޅާ ވޭނުގައި އެންމެ އިތުބާރު ކުރެވޭނެ އެއް ބަޔަކީ ފަރުވާދިނުމަށް ތިބޭ ޑޮކްޓަރުންނާއި ނަރުހުންކަމަށް ވާއިރު އެމީހުންގެ ފަރާތުން ލިބެންވާ އަޅާލުން ނުލިބުނުތާ އެމައިމީހާ “ފޭކު” ޖައްސަނީކަމަށް ނުވަތަ "މާ ކަންތައް ބޮޑުކުރަނީ" ކަމަށް ބުނުމަކީ ލަދުވެތި އަދި މާ ހިތާމަވެރި ކަމެކެވެ.

މިއީވެސް އެފަދަ ހާދިސާއެކެވެ. ބަނޑަށް ފަސް މަހުގައި ބަނޑުގައި ރިއްސާތީ އައިޖީއެމްއެޗް ހޮސްޕިޓަލަށް ދިޔުމުން ދެ ދުވަސް ވަންދެން އެޑްމިޓްކޮށްފައި ދުވަސްނުފުރާ އަންހެން މިހާ ވިހެމާއި ހަމައަށް އަދި ދަރިފުޅަށް ދޭންވާ ސިއްހީ ފަރުވާ ނުދިން މައްސަލައެއްގެ ވާހަކައެވެ.  

އާއިލާއިން ސޯޝަލް މީޑިއާގައި މި ހާދިސާ ހިއްސާކޮށްފައިވާ ގޮތަށް ބަލާއިރު، ބަނޑުގައި ރިއްސާތީ ދަރިފުޅުގެ މަންމަ ދިޔުމުން ހޮސްޕިޓަލްގައި ދެ ދުވަސް ވަންދެން ވަނީ އެޑްމިޓްކޮށްގެން ބާއްވާފައެވެ. އަދި ވިހެއުމުގެ ރިހުންވަރު ކައިރިވިއިރުވެސް ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ނަރުހުން އަޅާލާފައެއް ނުވާކަމަށް ބުނެ އެވެ. 

"ބުނީ ވާ ވަރަށްވުރެ މާ “އެކްޓް” ބޮޑުކޮށްގެންނޭ ޕޭޝަންޓް އުޅެނީ. ދަރިފުޅުގެ މަންމައަށް ފާހާނާއަށް ނުލެވޭތާ 3 ދުވަސް ވެފައިވާތީ އާ އެކީ އެ ރިހުމުގައި ހުއްޓާ ފާހާނައަށްވަދެ އެއްޗެއް ފައިބާހެން ހީވާތީ ގޮވީމަ އައީ ބޭރު ދެ މީހުން. އެމީހުން އައިތަނާ އެމީހުންގެ އަތުތެރެއަށް ކުއްޖާ ވިހެއީ ފާހާނާ ތެރޭ ހުއްޓަ'" އާއިލާ

އާއިލާއިން ބުނާގޮތުން އެހާލުގައި ވިހެއުމުން ވެސް އެ ހުރިގޮތަށް ފޫޅުގައި ދަތިވެސް ނުޖަހައި ފޫޅު ކަޑައިގެންގެން ގޮސް ކުޑަދަރިފުޅު ބާއްވާފައިވަނީ ފާހަނާ ނެޕީ ބަދަލުކުރުވަން ކުދިން ބާއްވާ ތަނެއްގައެވެ. އޭރު ކުއްޖާގެ ހުރިހާ ކަމެއްވެސް ބަރާބަރު ކަމަށް އާއިލާއިން ބުނެއެވެ. 

އެއަށް ފަހު ކުއްޖާގެ މަންމަ ގެންގޮސް މަސް ވިއްސުވުމަށް ފަހު ގެނެސް ވޯޑަށް ނެރުނުއިރުވެސް ކުއްޖާ ބާއްވާފައިވަނީ އޭރު ބޭއްވިތާގައި ބޭއްވިގޮތަށް ސާފުވެސް ކޮށް ނުލާކަމަަށް އާއިލާއިން ބުނެއެވެ. އަދި އާއިލާއިން އެދުމުންވެސް އެނޫންގޮތެއް ނުހެދުމުން ކުއްޖާ ނަގާފައިވަނީ ހޮސްޕިޓަލްގެ މެނޭޖްމެންޓާއި ވާހަކަ ދެއްކުމުން ކަމަށް އާއިލާއިން ބުނެއެވެ. ކުއްޖާއަކީ ދުވަސް ނުފުރާ ވިހޭ ކުއްޖަކަށްވުމުން ކުއްޖާގެ ގުނަވަންތައް ރަނގަޅަށް އުފެދިފައެއް ނުވެއެވެ. އަދި ކުއްޖާ އޮތީ ވަރަށް ވެސް ކުޑަކޮށްނެވެ. މެނޭޖްމެންޓާއި ވާހަކަ ދެއްކުމުން ކުއްޖާ ނެގުމަށް ފަހު ހުދުފޮތި އަޅާއި، ލާފައިވަނީ ޓްރޭއަކަށެވެ. ކުއްޖާ މަރުވެފައިވަނީ އެހެން އެ ޓްރޭގައި އޮވެ ކަމަށް އެ އާއިލާއިން ތުހުމަތު ކުރެ އެވެ. 

މެނޭޖްމެންޓާއި ވާހަކަ ދެއްކުމުން އެތަނުން ނަގާ ހުދު ފޮތި އަޅާފަައި ބޭބީ ޓްރޭއަކަށް ލީ. އެހެން ބޭއްވުމުން ބޭބީ އަށް ފިނިވާނޭ ނޫންހޭ އާއިލާއިން ވާހަކަ ދެއްކުުމުން ވެސް ތަނުގައި ތިބި މީހުން ބުނީ އެގޮތައް ވިހާ ކުދިން ބާއްވަން ޖެހެނީ އެހެންކަމަށް. އިތުރު ފަރުވާ އެއްވެސް ދެވެން ނެތް ގޮތަށް ވާހަކަ ދައްކާ ބޭބީ ނިޔާވަންދެންވެސް އެ އޮތްގޮތަށް ބޭއްވީ -އާއިލާ-

your imageފުރަތަމަ ކުއްޖާ ބާއްވާފައިވާތަން މަތީގައި، އަދި ފަހުން ބާއްވާފައިވާތަން ތިރީގައި——

ކުއްޖާގެ ވިންދު ދަށްވާކަން ވެސް އަދި ނޭވާލުން ލަސްވާކަންވެސް އެނގިތިބެ އެތަނުގައި އެވަގުތު ތިބި އެއްވެސް މީހަކު ކުއްޖާއަށް ދޭންޖެހޭ ފަރުވާ' އާއިލާއިން ތަކުރާރުކޮށް އެދުމުންވެސް ނުދިންކަމަށް އާއިލާއިން ބުނެފައިވެ އެވެ. 

ކުއްޖާ މަރުވެފައިވަނީ ކުއްޖާއަށް ލިބެންވާ ފަރުވާ ނުލިބި އެންމެ ކުޑަމިނުން “ބޮޑީ ވާމް” ވެސް ނުލިބިއެވެ.

އާއިލާއިން ވަނީ އެ މައުސޫމް ފުރާނަ މިދުނިޔެ އާއި ވަކިވުމާއި ހަމައަށް ވެސް ކުއްޖާ އަށް ދޭންޖެހޭ އަވަސް ސިއްހީ ފަރުވާދިނުމަށާއި، ކުއްޖާ ޓްރޭއެއްގައި ނުބާއްވާ އެއަށްވުރެ ރައްކާތެރިކޮށް ބޭއްވުމަށް އާދޭސްކޮށްފައެވެ. 

އެހެންނަމަވެސް އެ ކުއްޖާއަށް ދޭންޖެހޭ ފަރުވާ ނުދިންތާ މައިމީހާއަށް ވެސް ކުއްޖާގެ ގައިގައި އަތްލުމުގެ ފުރުސަތު ވެސް ދީފައެއް ނުވެއެވެ. 

your imageކުއްޖާ ނިޔާވަންދެންވެސް ބާއްވާފައިވަނީ ކުޑަ ޓްރޭއެއްގައި——

އެ މައުސޫމް ތުއްތު ކުއްޖާ މަރުވެފައިވަނީ އާއިލާގެ އެއްވެސް މީހަކަށް އަދި މައިމީހާއަށް ވެސް ކުއްޖާ އުރާލުމުގެ ފުރުސަތުވެސް ނުލިބި އުޅެނިކޮށް ކަފުންކޮށްފައިވާ މައްޔިތަކު ފަދައިން "ހުދުފޮތި އޮޅާ ޓްރޭއެއްގައި ބާއްވާފައި" އޮއްވައެވެ.

ކުއްޖާ އުރާލަން ބޭނުންތޯވެސް އަހާފައިވަނީ ކުއްޖާ މަރުވި ފަހުން ކަމަށް ވެސް އާއިލާއިން ބުނެ އެވެ. 

“އެދުނިން ބޭބީ އެއްވުރެ ރައްކާތެރިކޮށް ބާއްވައިދިނުމަށް. އެކަމު އެތާ ތިބި ނަރުހުން ބުނަނީ ވިހޭއިރު އެކަމާއި އުޅުނު މީހުންނޭ ބޭބީ އާއި ދޭތެރޭ ގޮތް ނިންމާނީ. މީތޯ އިންސާނީޔަތަށްޓަކައި ދޭންޖެހޭ ފަރުވާއަކީ؟ މައުސޫމް ފުރާނައެއް ނެތި ކޮށްލި ވަރަށް އިހާނެތި ރަހުމު ކުޑަ އަމަލެއް މިއީ. ގަސްތުގައި ފަރުވާނުކޮށް އާއިލާ ކުރިމަތީގައި ކުއްޖާ ނިޔާވެގެން ދިޔައީ އެބުނާ ވިހޭއިރު ހުރި ދެމީހުނަށް ގޮތް ނުނިންމި. ދިރި ހުއްޓާ އުރާލަން ނުދީ ނިޔާ ވުމުން ސުވާލުކޮށްލީ އުރާލަން ބޭނުންތޯވެސް. ބޮޑީ ވާމާއަށް ނުލިތާ މައިމީހާގެ ގައިގައި ޖައްސާލައިގެން ބާއްވާލަންވެސް ފުރުސަތު ނުދީ އެ ދަރި އެހާ ނިކަމެތި ހާލުގައި ދުނިޔެ ދޫކުރީ އާއިލާ އެންމެން ކުރި މަތީ'" އާއިލާ


އާއިލާއިން ބުނީ، ރާއްޖޭގައި އޮންނަ އުސޫލުން މި މައްސަލާގައި ޒިންމާ އުފުލަންޖެހޭ އަދި އެމީހަކަށް އަދަބުދޭނެ މީހެއްވެސް ނުހުންނާނެ ކަމަށެވެ. 

އާއިލާއިން އެ މައްސަލަ ހުށަހެޅުމުންވެސް ފުލުހުންނާއި ލޯޔަރުންނާއި، ތަންތަނުގެ ވެރިންނާއި މިނިސްޓަރުންގެ ފަރާތުންވެސް އެއްވެސް އެދެވިގެންވާ އެހީތެރިކަމަކާއި އެއްބާރުލުމެއް އާއިލާއަށް ލިބިފައިނުވާކަމަށް ހިތާމައާ އެކު ފާހަގަކޮށްފައިވެއެވެ.  

“އެކަހަލަ ރަހުމުކުޑަ މީހުންނަށް އިންސާނިއްޔަތަށްޓަކައި ކޮށްދެވޭނެ އެއްވެސް ކަމެއް ނޯނާނެކަން ވަރަށް ރީތިކޮށް ސާބިތުވެއްޖެ. ގެއްލުން ފުރާނައެއް ނާންނާނެ. އެކަމަކު މިކަމުގައި އިހްމާލުވި މީހުންނަށް ދޭންޖެހޭ ހައްގު އަދަބުވެސް ނުދެވޭތީ ހިތާމަ ހުރި” -އާއިލާ-

your imageއެވަގުތު އެތާ ހަރަކާތްތެރިވި ޑޮކްޓަރުންނާއި ނަރުހުން—މިމައްސަލާގައި އައިޖީއެމްއެޗްގެ ބަހެއް ހޯދުމަށް ސީއެންމްއިން މަސައްކަތް ކުރިނަމަވެސް މީޑިއާ ކޯޑިނޭޓަރު ފޯނަށް ޖަވާބު ނުދެއްވާތީ މިކަމުގައި ހޮސްޕިޓަލްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.  

މީގެކުރިން ވެސް ހޮސްޕިޓަލުތަކުގެ އިހުމާލުގެ ވާހަކަ މިގޮތަށް އާއިލާތަކުން ހިއްސާކޮށްފައި އެބަހުއްޓެވެ. އެކަމަކު މިކަމުގައި ހޮސްޕިޓަލުގެ ބަހެއް ހޯދަން ސީއެންއެމް އިން މީޑިއާ ކޯޑިނޭޓަރަށް ގުޅިނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ދުވަސް ނުފުރާ ވިހެއުމަކީ މަދުން ނަމަވެސް ދިމާވާ ހާލަތެކެވެ. އެހެން ނަމަވެސް މިފަދަ ހާލަތެއްގައިވެސް ރަނގަޅު ފަރުވާ ކުއްޖާއަށާއި މައިމީހާއަށް ފުރިހަމައަށް ފޯރުކޮށްދެވިއްޖެނަމަ ކުއްޖާގެ ފުރާނަ ސަލާމަތް ކުރެވިދާނެެެއެވެ. 

މިމައުސޫމް ކުޑަ ކުއްޖާގެ ފުރާނައަށް ހެޔޮ ރަހްމަތް ލައްވާ އާއިލާއަށް ކެތްތެރިކަން ދެއްވާށެވެ.  

4%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
88%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް