ads
އޮކްސްފޯޑުން އުފައްދާ އެސްޓްރާޒެނިކާ ވެކްސިން
އޮކްސްފޯޑު ވެކްސިން: ހުއްޓާލައިފާނެ ބާ؟
އޮކްސްފޯޑުން އުފައްދާ އެސްޓްރާޒެނިކާ ވެކްސިން ގެ ބައެއް ގައުމުތަކުން ބޭންކުރަމުން ގެންދިއުމުން އެކަމާއި ޑަބްލިއުއެޗްއޯއިން ނުރުހުން ފާޅުކޮށްފިއެވެ.

އޮކްސްފޯޑުގެ ވެކްސިން އީޔޫގެ ބާރުގަދަ ގައުމުތަކުން ބޭންކުރަމުން ގެންދަނީ ލޭހޮޅުތައް ބެދޭކަމަށް ބުނެއެވެ. 

މި މައްސަލައިގައި ޑަބްލިއުއެޗްއޯއާއި ބޭސްތަކަށް ފާރަވެރިވާ ޖަމިއްޔާތަކުން ބުނަނީ އެ ވެކްސިން ރަކާތެރިކަމަށެވެ. ވެކްސިން ނުޖަހައިފިނަމަ ލިބޭނެ ގެއްލުން ބޮޑުކަމަށެވެ. 

އޮކްސްފޯޑުގެ އެސްޓްރާ ޒެނިކާ ވެކްސިން ދިނުން މަނާކޮށްފައިވަނީ، ޖާމަނީ، އިޓަލީ އަދި ފްރާންސްގައެވެ. 

އެ ގައުމުތަކުގައި މަނާކުރިނަމަވެސް އެގައުމުތަކުގެ ސިއްހީ އެހީތެރިން ވެސް އަންނަނީ އެސްޓްރާ ޒެނިކާ ވެސްކިން މަނާނުކުރުމަށް ގޮވާލަމުންނެވެ.

"މީހުން މިކަމުގަ ކަންބޮޑުވާކަށް އަޅުގަނޑުމެން ބޭނުމެއް ނުވޭ. ގައުމުތަކުން އެސްޓްރާ ޒެނިކާ ވެކްސިން ޖެހުން ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެން އިލްތިމާސްކުރަން،" ޑަބްލިއުއެޗްއޯގެ ޗީފް ސައިންޓިސްޓު ސޮއުޔަމް ސުވަމިންތާ ވިދާޅުވިއެވެ. 

އޭނާ ވިދާޅުވާގޮތުން ލޭ ހޮޅިތައް ބުނާކަމަށް ދިމާވާ މައްސަލައާއި، ވެކްސިނާއި އެއްވެސް ގުޅުމެއް ވެސް ނެތްކަމަށް ޑަބްލިއުއެޗްއޯ އިން ބުނެއެވެ. 

ޑަބްލިއުއެޗްއޯ އިން ބުނާގޮތުން އެސްޓްރާޒެނިކާ ވެކްސިންގެ ސަބަބުން ހޮސްޕިޓަލަތައް ފުރޭ މިންވަރާއި، ކޮވިޑް 19 ގައި މީހުން މަރުވާ މިންވަރުވެސް މަދުވެއެވެ.

އިނގިރޭސި ވިލާތުން ވަނީ މުޅި ޔޫރަޕަށް އެސްޓްރާޒެނިކާގެ 11 މިލިއަން ޑޯޒް ފޯރުކޮށްދޭން އެއްބަސްވެފައެވެ. ޔޫރަޕުގައި މިހާތަނަށް ހަތަރު މިލިއަނެއްހާ މީހުން އެސްޓްރާޒެނިކާ ވެސްކިސިން ޖަހާފައިވާއިރު މައްސަލަތައް ދިމާވެފައިވާ މީހުންގެ އަދަދު 50 އަށްވުރެ ވެސް މަދެވެ. 

ޑަބްލިއުއެޗްއޯއާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން މިހެން ބުނިކަމުގައިވިއަސް، ބައެއް ގައުމުތަކުގެ ސިޔާސީ ބޭފުޅުން އަންނަނީ ވަރަށް ބޮޑަށް އެސްޓްރާޒެނިކާއަށް ފާޑުކިޔަމުންނެވެ.

މިގޮތުން އެ ވެކްސިނާއި މެދު ސުވާލު އުފައްދާފައިވާ އެސްޓްރޯނިއާގެ ޕްރައިމް މިނިސްޓަރު ކާޖާ ކަލާސް ވިދާޅުވެފައިވަނީ މި ވެކްސިނުގެ ސަބަބުން އެމީހުންގެ ފައިސާ ބޭކާރުވަމުން އަންނަކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް