ads
އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ---
ވީހާ އަވަހަކަށް ޔޫޓީއެފް އެގްރީމެންޓް ހާމަ ކޮށްދެއްވާ: އަދުރޭ
އުތުރުތިލަފަޅުގައި ދިވެހި އަސްކަރިއްޔާގެ ނޭވީ ބަނދަރެއް ގާއިމް ކުރުމަށް ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރާއި އެކުގައި ވެފައިވާ އެއްބަސްވުން ވީ އެންމެ އަވަހަކަށް ހާމަކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ގޮވާލައްވައިފިއެވެ.

އަދުރޭ މިހެން ގޮވާލެއްވީ، މިއަދު އެމްއެންޑީއެފްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އުތުރުތިލަފަޅު އެގްރީމެންޓުގައި ގައުމީ ސަލާމަތަށް ނުރައްކާވާފަދަ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި، އެތަން އޮޕަރޭޓް ކުރާނީވެސް ދިވެހިން ކަމަށާއި، އަދި އެ އެއްބަސްވުން ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި އުވާލެވޭނެކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވުމާއި ގުޅިގެންނެވެ. 

އަދުރޭ ވިދާޅުވީ، އުތުރުތިލަފަޅުގެ އެއްބަސްވުމުގައި ރާއްޖޭގެ ގައުމީ ސަލާމަތާ މިނިވަންކަމާ ސިޔާދަތަށް ގެއްލުމެއް ލިބޭފަދަ އެއްވެސް ކަމެއް ހިމަނާފައި ނުވާނަމަ އެ އެއްބަސްވުން ސިއްރުކުރަންޖެހޭ ސަބަބެއް ނެތްކަމަށެވެ. އެހެންކަމުން އެ އެއްބަސްވުން ވީއެންމެ އަވަހަކަށް ހާމަކުރުމަށް ގޮވާލާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. 

ޔޫޓީއެފް އެއްބަސްވުމާއި ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރައްވައި މަޖިލީހުގެ 241 ކޮމިޓީއަށް އެ އެއްބަސްވުން ލިބޭނެގޮތް ހައްދަވައިދެއްވުމަށް މަޖިލީހުގެ މަޑުއްވަރީ ދައިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވަނީ އެދިވަޑައިގެންފައެވެ، 

ނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ، އެއީ މަޖިލީހަށް ފޮނުވަންޖެހޭ އެއްބަސްވުމެއް ނޫންކަމަށް ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް