ads
އިބްރާހިމް ޝުޖާއު---
"ސިޔާސީ ދާއިރާގައި ކުރިއަށްދާނީ ހުރިހާ ފަރާތްތަކަށް އިހުތިރާމްކޮށްގެން"
ސިޔާސީ ދާއިރާގައި ކުރިއަށްދާނީ ހުރިހާ ފަރާތްތަކަށް އިހުތިރާމްކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބުގައި ހުޅުމާލެ ދާއިރާއަށް ކުރިމަތިލައްވާފައިވާ ޝުޖާއު މިހެން ވިދާޅުވީ، އެ ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަ ކުރައްވާ ރިޒްނާ ޒަރީރުއަށް ނިސްބަތްކޮށް، މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަހުމަދު ސައީދު ދެއްކެވި ވާހަކަ އަކާއި ގުޅިގެންނެވެ. 

އެގޮތުން މި މައްސަލައިގައި ޝުޖާއު މިއަދު ކުރެއްވި ޓުވީޓެއްގަިއ ވިދާޅުވީ، މީޑިއާ އަކީ ޑޮމޮކްރަސީގެ ހަތަރު ވަނަ ބާރު ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ތެދު ސައްހަ މައުލޫމާތު ހާމަކުރާ މީޑިއާތައް ކަމަށް ޝުޖާއު ވިދާޅުވި އެވެ.

މީގެ އިތުރުން މީޑިއާތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށްވެސް ސިޔާސީ ދާއިރާގައި ފުރުސަތު އޮތްތަން ދިވެހިން ދެކެފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި ޝުޖާއު ސިޔާސީ ދާއިރާގައި ކުރިއަށްދާނީ ހުރިހާ ފަރާތްތަކަށް އިހުތިރާމް ކޮށްގެން ކަމަށް ވިދާޅުވެފައި ވެއެވެ. 

ޝުޖާއުގެ ކެމްޕެއިން ޖަގަހަ "ޕީޕީއެމް ޔޫތު ސިޓީ ޖަގަހަ" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައީދު ވަނީ އިންތިހާބުގައި ޝުޖާއު އާއި ވާދަކުރެވޭ ވަރުގެ މީހެއް ވާދަ ނުކުރާ ކަމަށާއި، އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ ރިޒްނާއަށް "އެކަމެއް" ނުވާނެ ކަމަށް ވިދާޅުވެފައެވެ. 

މީގެ އިތުރުން ޗެނަލްއެގައި ހަބަރު ވިދާޅުވާން އިނދެފައި ނިކުމެ ޝުޖާއު އާއި ވާދަކުރައްވަން ލަދުގަންނަން ޖެހޭކަމަށް ސައީދު ވިދާޅުވެފައިވެއެވެ. 

މިކަމަށް ރިޒްނާ ވަނީ މިއަދު ރައްދު ދެއްވާފައެވެ. އެގޮތުން މީޑިއާ އަކީ ޑިމޮކްރަސީއެއްގެ ހަތަރުވަނަ ބާރުކަމަށާއި، އެކަން މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށް ނޭގުމަކީ ލަދުގަންނަންޖެހޭ ވަރު ކަމެއް ކަަމަށް ރިޒްނާ ވިދާޅުވިއެވެ. އަދި ނޫސްވެރިކަމުގަ އުޅެފަ ސިޔާސީ ދާއިރާއަށް ވަނުމަކީ ލަދުގަންނަން ޖެހޭވަރުގެ ކަމެއް ނޫން ކަމަށާއި، އަންހެނަކަށް ވީތީ ފަހަތަކަށް ނުޖެހޭނެ ކަމަށް ރިޒްނާ ވިދާޅުވެފައިވެއެވެ.

މި މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިއުން ސައީދަށް ވަނީ އަމާޒުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް