ads
ނޫސްވެރިންގެ އެއްވުމެއްގެ ތެރެއިން-- ފޮޓޯ: ވޮއިސް
ސައީދު ވިދާޅުވިއަސް ނޫސްވެރިންނަކީ ދެރަބައެއް ނޫން!
ޑިމޮކްރަސީގެ ހަތަރު ވަނަ ބާރަކީ ނޫސްވެރިކަމޭ ބުނާ ބުނުމަކީ އަބަދުވެސް އިވޭ ވާހަަކައެކެވެ. ނަމަވެސް މިއަދު ސޯޝަލް މީޑިއާ ކެކިއަރަމުން މި އަންނަނީ މި ދާއިރާ "ދަށް" ކޮއްލާ ސިޔާސީ ބޭފުޅެއް ވާހަކަ ދެއްކެވުމާއި ގުޅިގެންނެވެ.

މިއީ އިދިކޮޅި ކޯލިޝަންގެ ފަރާތުން ހުޅުމާލެ ދާއިރާއަށް ވާދަކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއުގެ ކެމްޕެއިން ޖަގަހަ، "ޕީޕީއެމް ޔޫތު ސިޓީ ޖަގަހަ" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަހުމަދު ސައީދު ދެއްކެވި ވާހަކައިން ފާހަގަ ކުރެވުނު ކަމެއްގެ ވާހަކައެވެ. 

ލޯކަލް ކައުންސިލް އިންތިހާބުގައި ޝުޖާއުއާއި ދެކޮޅަށް އެމްޑީޕީ ޓިކެޓުގައި ވާދަ ކުރައްވާ ކެނޑިޑޭޓު ރިޒްނާ ޒަރީރަކީ ރާއްޖޭ ޓީވީގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ރިޒްނާއަށް ނިސްބަތްކޮށް ސައީދު ވަނީ ޗެނަލްއެއްގައި ހަބަރު ވިދާޅުވާން އިނދެފައި އައިސް ޝުޖާއު އާއި ވާދަކުރަން ލަދުގަންނަން ޖެހޭކަމަށް ވިދާޅުވެފައެވެ. 

ސައީދު ރިޒްނާއަށް ދިން މި ބަހުގެ ހަމަލާ މާނަ ކުރެވެނީ މިއީ ނޫސްވެރިން "ދަށް" ކޮށްލުމުގެ ގޮތުން ބުނެވުނު އެއްޗެއް ގޮތުގައެވެ. ސައީދުގެ މި ބަހުގެ ހަމަލާއިން މާނަ ކުރެވެނީ، ނޫސްވެރިކަން ކުރާ މީހުންނަކީ ސިޔާސީ ދާއިރާ ފަދަ ދާއިރާއެއްގައި މަސައްކަތް ނުކުރެވޭނެ ނުވަތަ ކައުންސިލް މެމްބަރެއް ފަދަ މަގާމެއް އަދާ ކުރެވޭނެ މީހުން ކަމަށެވެ.

ޗެނަލެއްގައި ހަބަރު ކިޔާ މީހަކު ސިޔާސީ މައިދާނަށް ނިކުތުމަކީ ލަދުގަންނަންޖެހޭ ކަމަކަށް ވާންޖެހެނީ ކީއްވެކަން ސައީދު ސާފުކޮށްދެއްވި ނަމަ ރަނގަޅުވީހެވެ. މީހަކަށް ކަމެއް ނުވާނެއޭ ބުނާއިރު، އެމީހަކީ އެކަމަށް ގާބިލު މީހެއްތޯ ބެލުން މާރަނގަޅެވެ. 

ޗެނަލެއްގައި ހަބަރު ކިޔަން އަރާ މީހަކީ ނުވަތަ ނޫސްވެރިކަން ކުރާ މީހުންނަކީ ސިޔާސީ މައިދާނުގައި އުޅޭވޭނެ ބައެއްކަން މީގެ ކުރިންވެސް ވަނީ ފެނިފައެވެ. މަޖިލީހުންވެސް އެކަން ފެނިގެން ދެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް