ހއ.ކެލާ ފޮޓޯ:ސަން
ކެލާގައި 100 ކޮޓަރީގެ ސިޓީ ހޮޓަލެއް ތަރައްގީކުރަން ބަޔަކާ ހަވާލުކޮށްފި
Share
ހއ. ކެލާގައި 100 ކޮޓަރީގެ ސިޓީ ހޮޓަލެއް އަޅަން ފެޑޯ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.
Advertisement

ޓޫރިޒަމް މިނިސްޓްރީގެ މިއަދު އެ މަޝްރޫއު ހަވާލު ކުރުމުގެ ރަސްމިއްޔާތެއް ބާއްވާފައިވާއިރު އެކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައި ވަނީ އަމަލީ މަސައްކަތް ފަށާތާ 30 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

ސަތޭކަ ކޮޓަރީގެ އެ ސިޓީ ހޮޓަލު ތަރައްގީކޮށް ނިމޭއިރު އެތަނުގައި 200 އެނދު ހުންނާނެ އެވެ. އަދި އެތަން ތަރައްގީކުރާނީ ރިސޯޓެއްގެ ފެންވަރަށެވެ. އެއާއެކު އެ ސަރަހައްދުގެ މީހުންނަށް 200 އެއްްހާ ވަޒީފާގެ ފުރުސަތު ވެސް ފަހިވެގެންދާނެ އެވެ.

ކެލާގައި ޓޫރިސްޓް ހޮޓަލެއް ގާއިމުކުރާނެ ބަޔަކު ހޯދަން މިދިޔަ އަހަރުގެ ފަހުކޮޅު ހުޅުވާލިއިރު 800،000 އަކަފޫޓުގެ ސަރަހައްދެއް ވަނީ ހޮޓާ ތަރައްގީކުރަން ކަނޑައަޅާފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް