ads
އަނަންޔާއަށްޓަކައި ކާތިކް އޭނާގެ މަތިމަސް ބާލައިފި
ބޮލީވުޑަށް ދާދިފަހުން ތައާރަފުވި އަނަންޔާ ޕާންޑޭއަށް މިދިޔަ މަހުގެ 30 ގައި މިވަނީ 21 އަހަރު ފުރިފައެވެ. އުފަން ދުވަހު ވެސް އަނަންޔާ އުޅުނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ޕައްތީ ޕަތުނީ އޯރް ވޯ" ގެ މަސައްކަތްތަކުގައި އަވަދިނެތި އެވެ. އެފިލްމަކީ ކާތިކް އާއި ބޫމީ ޕެޑްނެކާ ވެސް ފެނިގެންދާ ފިލްމެކެވެ.
ބޮލީވުޑަށް ދާދިފަހުން ތައާރަފުވި އަނަންޔާ ޕާންޑޭއަށް މިދިޔަ މަހުގެ 30 ގައި މިވަނީ 21 އަހަރު ފުރިފަ އެވެ. އުފަން ދުވަހު ވެސް އަނަންޔާ އުޅުނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ޕައްތީ ޕަތުނީ އޯރް ވޯ"ގެ މަސައްކަތްތަކުގައި އަވަދިނެތި އެވެ. އެފިލްމަކީ ކާތިކް އާއި ބޫމީ ޕެޑްނެކާ ވެސް ފެނިގެންދާ ފިލްމެކެވެ.

ފިލްމުގެ ޕްރޮމޯޝަނުގެ ތެރެއިން އުފަން ދުވަސް ގާތްވެފައިވާތީ އަނަންޔާ ވަނީ ކާތިކް ކައިރީ އޭނާއަށް ހަދިޔާއަކަށް ދޭނީ ކޯޗެއްތޯ ސުވާލުކޮށްފަ އެވެ. ކާތިކް ވަނީ ބުނި ކޮންމެ އެއްޗެއް ދޭނެ ކަމަށާއި ބޭނުން އެއްޗެއް ބުނުމަށް އަނަންޔާ ކައިރީ އެދިފަ އެވެ. އެއާއެކު އަނަންޔާ ވަނީ އޭނާގެ މަތިމަސް ބޭލުމަށް އެދިފަ އެވެ.

ކޮންމެއަކަސް ގާތް އެކުވެރިޔާއަށްޓަކައި ކާތިކް މިވަނީ އެކަން ވެސް ކޮށްފަ އެވެ.

ކާތިކް އާއި އަނަންޔާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށްވެސް މީގެ ކުރިން އަޑު އެރިނަމަވެސް އެއަޑުތައް މަޑުވީ ކާތިކް އާއި ސާރާ ރައްޓެހިވެގެން އުޅޭ ކަމުގެ އަޑުތަކާއެކު އެވެ. އެކަމަކު ދާދިފަހުން ކާތިކް އާއި ސާރާ ވަނީ ރުޅިވެފަ ކަމަށްވެ އެވެ. ރައްޓެހިވެގެން އުޅުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެމީހުން ރުޅިވީ ދެމީހުންނަށް ވަގުތު ނުދެވޭތީ ކަމަށްވެ އެވެ.

ސްޓޫޑަންޓް އޮފް ދަ އިޔާ 2 އަކުން އަނަންޔާ ބޮލީވުޑަށް ތައާރަފުވިއިރު ކާތިކް ބޮލީވުޑުގައި މަސައްކަތް ކުރާތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ. އެކަމަކު އޭނާ ވިދާލީ މިދިޔަ އަހަރު ނެރުނު ފިލްމު، "ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީ" އިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް