ads
ރިއަލްގެ ކޯޗު ޒިދާން
ޗެމްޕިއަންސް ލީގު: ރިއާލް މެޑްރިޑްވެސް ކުއާޓާއަށް
ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އެޓްލާންޓާ ބަލިކޮށް ކުއާޓާ ފައިނަލުން، މުބާރާތުގެ އެންމެ ކާމިޔާބު ޓީމުކަމަށްވާ ރިއާލް މެޑްރިޑުން ފުރުސަތު ހޯދައިފިއެވެ. ރިއާލް ކުއާޓަރއަށް ދިޔައީ ހަތަރު ލަނޑު އެއް ލަނޑުގެ އެގްރިގޭޓް ނަތީޖާއިންނެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު އެޓްލާންޓާ- ރިއާލް މެޑްރިޑްގެ މެޗުން ރިއާލް މޮޅުވީ ތިން ލަނޑު އެއް ލަނޑުންނެވެ. މި ދެ ޓީމުގެ ފުރަތަމަ ލެގުން ރިއާލް މޮޅުވެފައި އޮތީ އެއް ލަނޑު ސުން ލަނޑުންނެވެ. އެހެންކަމުން ދެ މެޗުގެ ނަތީޖާ ހަތަރު ލަނޑު އެއް ލަނޑުގެ އެގްރިގޭޓުން ރިއާލް ކުއާޓާރއަށް ދިޔައީއެވެ.

އަންގާރަ ދުވަހުގެ ރޭގެ މެޗުގައި ރިއާލްއަށް ލަނޑުތައް ޖަހައިދިނީ ކަރީމް ބެންޒެމާ، ކެޕްޓަން ސާޖިއޯ ރާމޯސް އަދި މާކޯ އެސެންސިއޯއެވެ. މީގެ ތެރެއިން ރާމޯސްގެ ލަނޑަކީ ޕެނަލްޓީ އަކުން ޖެހި ލަނޑެކެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާރ ފައިނަލުގެ ގުރުއަތުލުން އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް