ads
ހުޅުމާލޭ ސައިކަލެއްގެ މަޑިދަށުން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި
ހުޅުމާލެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައިފި
ހުޅުމާލޭގައި ޕާކްކޮށްފައިހުރި ސައިކަލެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފިއެވެ.

މިމަހުގެ 15 ވަނަ ދުވަހު ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ ފްލެޓް ނަންބަރު 53 ކައިރީގައި ޕާކްކޮށްފައިހުރި ސައިކަލެއް ބަލައިފާސްކުރިއިރު، ސައިކަލް މަޑިދަށުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހި ފެނިފައި ވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. 

މިގޮތުން މި އޮޕަރޭޝަންގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 30 ސެލޯފިންކޮޅާއި ރަބަރު ޕެކެޓަކާއި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި 15 ދަޅާއި، ޖޫސްޕެޓީ ކޮތަޅެއްގެ އިތުރުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވެއެވެ. 

މި މައްސަލައާއި ގުޅިގެން އަދި އެއްވެސް މީހެއް ހައްޔަރު ކޮށްފައި ނުވާއިރު، މިހާރު ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް